ކޯވިޑް-19 އަށް އިތުރު 39 މީހުން ޕޮސިޓިވް ވެއްޖެ އެވެ.
މިއަދު ޕޮސިޓިވްވީ 27 ދިވެހިންނާއި 12 ބިދޭސީންނެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަތް މީހުންނާއި އިންޑިއާ ފަސް މީހެކެވެ.
މިއަދު 12 މީހަކު ބަލިން ރަނގަޅުވެފައި އެވެ. މިހާރު ބައްޔަށް ފަރުވާ ދެމުންދަނީ 470 މީހުންނަށެވެ.
މިހާތަނަށް ކޯވިޑަށް ރާއްޖެއިން ޕޮސިޓިވްވަނީ 2،302 މީހުންނެވެ. މި ބަލީގައި14 މީހަކު މަރުވެފައިވެ އެވެ.
މަރުވެފައިވަނީ އަށް ދިވެހިންނާއި ފަސް ބިދޭސީންނެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ހަތަރު ބަންގްލަދޭޝް މީހުންނާއި ފިލިޕިންސް މީހެކެވެ.
https://twitter.com/HPA_MV/status/1283085556319170561
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް