ފޮނަދޫ މަގުހެދުމުގެ ޕްރޮޖެކްޓްގެ ބޮޑުބައެއް ނިމިއްޖެ: އެމްޓީސީސީ

ލ. ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ. ފޮނަދޫ މަގު ހެދުމުގެ ޕްރޮޖެކްޓުގެ ދަށުން އެރަށުގެ 12 މަގެއްގައި 27،848 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އަ...

14 Jul 2020 | 09:04

ލ. ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ފޮނަދޫ މަގު ހެދުމުގެ ޕްރޮޖެކްޓުގެ ދަށުން އެރަށުގެ 12 މަގެއްގައި 27،848 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅާނެއެވެ. އެއީ 3.5 ކިލޯ މީޓަރުގެ ސަރަހައްދެކެވެ.

އެމްޓީސީސީން ބުނީ ފޮނަދޫ މަގުހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ މަގުގައި ހުރި ގާތައް ނެގުުމުގެ މަސައްކަތާއި މަގު އެއްވަރުކުރުމާއި އަދި ސަބް ގްރޭޑިންގް މަސައްކަތް ކަމަށެވެ.

މަޝްރޫއުގެ 59% ނިމިފައިވާއިރު މި މަޝްރޫއުގެ ދަށުން ފޮނަދޫގައި ސްޓޯމް ވޯޓާ މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށް ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެނެވޭނެ ކަމަށާއި އަދި މަގުމަތީގެ ނިޝާންތައް ފާހަގަކޮށް ސްޕީޑު ބްރޭކަރުތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

މީގެ އިތުރުން މި މަސައްކަތުގެ ދަށުން ފޮނަދޫގައި ސްޓޯމް ވޯޓާ މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށް ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެނެވޭނެ ކަމަށާއި މަގުމަތީގެ ނިޝާންތައް ފާހަގަކޮށް ސްޕީޑު ބްރޭކަރުތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

ޕްލޭނިން މިނިސްޓްރީން، އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 25.5 މިލިއަން ރުފިޔާއަށް ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހު ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

ފޮނަދޫ މަގުހެދުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި 22 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް