ނޭކުރެންދޫ ކަނޑޫފާ މަރުވާ ސަބަބު ދެނެގަންނަން އީޕީއޭ ޓީމެއް އެ ރަށުގައި

ހދ. ނޭކުރެންދޫގައި އޮންނަ ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ މަރުވާ ސަބަބު ދެނެގަތުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޓީމެއް އެ ރަށަށް ގޮސްފި އެވެ. އެ ކަނޑޫފާއަކީ2018 ވަނަ އަހަރު ހިމާ...

14 Jul 2020 | 06:53

ހދ. ނޭކުރެންދޫގައި އޮންނަ ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ މަރުވާ ސަބަބު ދެނެގަތުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޓީމެއް އެ ރަށަށް ގޮސްފި އެވެ.

އެ ކަނޑޫފާއަކީ2018 ވަނަ އަހަރު ހިމާޔަތް ކޮށްފައިވާ ތަނެކެވެ. ނޭކުރެންދޫ ކައުންސިލުން މިދިޔަ ހަފްތާގައި ބުނީ މި ފަހަކުން އެ ކަނޑޫފަލުން ގަސްތަކުގެ ފަތްތައް ދޮންވެ ގަސް ހިކުމަށް ފަހު މަރުވަނީ ކަމަށާއި މަހެއްހާ ދުވަހުގެ ތެރޭގައި 10،000 އެއްހާ ގަސް މަރުވެފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން އީޕީގެ ޓީމެއް މިހާރު އެ ރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އީޕީއޭއިން ބުނީ އެ ރަށު ކަނޑޫފާ މަރުވަމުންދާ ސަބަބު ދެނެގަތުމުގެ އަމަލީ މަސައްކަތް އެ ޓީމުން ކުރަމުންދާ ކަމަށެވެ.

އަދި ވަރަށް އަވަހަށް އެ ސަބަބު ދެނެގަނެވޭނެ ކަމަށް ބެލެވޭ ކަމަށާއި އެ މައުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރަމުންދާނެ ކަމަށެވެ.

https://twitter.com/EPAMaldives/status/1282619173542039552

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް