އުރީދޫގެ ޕައިލެޓް ޕްރޮޖެކްޓެއްގެ ދަށުން ޑިޖިޓަލް ވަސީލަތްތައް ބޭނުން ކުރުމަށް ބާރުއެޅުމަށް، އުރީދޫ ގްރޫޕުގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އޮފީހަށް ހާޒިރު ނުވިޔަސް މަސައްކަތް ކުރެވޭނެ މުވައްޒަފުން، އޮފީހަށް ހާޒިރުނުވެ މިއަހަރު ނިމެންދެން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ކަމަށް އުރީދޫ ގްރޫޕުން ބުނެފިއެވެ.
އުރީދޫ އިން ބުނީ، އެ ކުންފުނީގެ ދަށުން މަސައްކަތްކުރާ ކޮންޓްރެކްޓު އަދި ދާއިމީ މުވައްޒަފުންނަށް ފްލެކްސިބަލްކޮށް ގޭގައި މަސައްކަތް ކުރުމަށް އެ މުވައްޒަފުންގެ މެނޭޖުމެންޓުތަކުގެ އިރުޝާދާއެކު ފުރުސަތު ދޭނެ ކަމަށާއި، ކުންފުނީގެ މުވައްޒަފުންގެ ތެރެއިން، އެ މުވައްޒަފަކު މަސައްކަތްކުރާ ގައުމެއްގައި ކޮވިޑް-19 އޮތް ހާލަތަށްބަލައި، މަސައްކަތަށް ފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދޭންވެސް ނިންމައިފައިވާ ކަމަށެވެ. މިއީ ކޮމިޔުނިކެޝަން އަދި ޓެކްނޮލަޖީގެ ދާއިރާގައި ހަރަކާތްްތެރިވާ ކުންފުންޏެއްގެ ހައިސިއްޔަތުން ޒަމާނީ، ވޯކް ކަލްޗާއަކާ ދިމާލަށް ކުންފުންޏަށް ދިޔުމަށް ފާއިތުވި ދުވަސްތަކުގައި ލިބުނު ތަޖުރިބާ މުހިއްމުކަން އުރީދޫ ގްރޫޕުން ފާހަގަ ކުރިއެވެ.
އުރީދޫ ގްރޫޕުގެ ސީއީއޯ ޝައިހް ސައުދު ބިން ނަަސީރް އަލްޘާނީ ވިދާޅުވީ ކޮވިޑް- 19 އާއެކު އެ ކުންފުނިން ޑިޖިޓަލް ޓްރާންސްފޮމޭޝަން އަށް ކުރާ ދަތުރުގެ އާ ބާބެއް ފެށިއްޖެ ކަމަށެވެ. އަދި މިއާއެކު ވަށައިޖެހޭ ޑިޖިޓަލް ކަލްޗާއެއް ބިނާކުރުމުގެެ ފުރުސަތު އެ ކުންފުންޏަށް ލިބުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އުރީދޫ ކުންފުނިން ބުނީ، ފާއިތުވި މަސްތަކުގައި ކުންފުނީގެ މުވައްޒަފުންނަށް ލިބުނު ތަޖުރިބާއާއެކު އުރީދޫގައި މަސައްކަތުގެ އާ ކަލްޗާއެއް އުފެއްދޭނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ.
މާޗު މަހުން ފެށިގެން އުރީދޫޫ ކުންފުނީގެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދަނީ ގޭގައި ތިބެގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް