ކޮވިޑް-19ގެ ކޭސްތައް އިތުރުވާތީ އެއްވުންތަކާއި ޖަލްސާތައް ނުބާއްވަން އިލްތިމާސްކޮށްފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ދިން ބޮޑު ލުޔާއެކު، އެ ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާތީ، އޮފީސްތަކުން ކޮންމެހެން ބާއްވަންޖެހޭ ބައްދަލުވު...

14 Jul 2020 | 03:34

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ދިން ބޮޑު ލުޔާއެކު، އެ ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާތީ، އޮފީސްތަކުން ކޮންމެހެން ބާއްވަންޖެހޭ ބައްދަލުވުންތައް ނުބާއްވަން އެޗްޕީއޭ އިން އެދިއްޖެއެވެ.

އެޗްޕީއޭއިން ރޭ ނެރުނު ނޫސްބަޔާނުގައި ބުނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުމުންދާ ކަމަށާއި ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްތުންގެ އަދަދުވެސް ވަރަށް ބޮޑަށް އިތުރުވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. މީގެ އެއް ސަބަބަކީ ފުރަބަންދަށް ދިން ލުއިތަކާއެކު ބައެއް ފަރާތްތަކުން މީހުން އެއްވާގޮތަށް ހަފްލާތަކާއި ޕާޓީތަކާއި ޖަލްސާތަކާއި އަދި އެހެނިހެން އެއްވުންތައް ބާއްވަމުން ދިިޔުން ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ވަނީ ފުރަބަންދަށް ލުއިދިނުމަށް އެޗްޕީއޭއިން ނެރެފައިވާ އުސޫލުތަކާޢި އެންގުންތަކަށް ބޯލެނބުމަށް އިލްތިމާސް ކޮށްފައެވެ.

އެޗްޕީއޭއިން ވަނީ، މިދިޔަ އޭޕްރީލް 15 ން މި މަހުގެ އެކަކަށް އިއުލާންކުރި ލޮކްޑައުން ނިމުމަކަށް ގެނެސް ދިން ލުޔާއެކު، ނެރެފައިވާ އުސޫލުތަކާއި އެންގުންތަކާއި މަސައްކަތު މާހައުލުގައި އަމަލުކުރަން ކަމާގުޅޭ އިދާރާތަކުން ތައްޔާރު ކޮށްފައިވާ ގައިޑްލައިނަށް އަމަލުރަން އެދިފަ އެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި، ލޮކްޑައުންގެ ލުއިގެ މި މުއްދަތުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓްސް ވެސް ގިނަ ވެފައި ވަނީ ގިނަ ބަޔަކު އެއްވެގެން ހަފުލާތަކާއި ޕާޓީތަކާއި ޖަލްސާތަކާއި އެހެނިހެން އެއްވުންތައް ބާއްވާތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް