ކޯވިޑުން 94 މީހަކު ރަނގަޅުވެއްޖެ، މިއަދު ޕޮސިޓިވްވީ 22 މީހުން

ކޯވިޑް-19 ޖެހުނު 94 މީހަކު ބަލިން ރަނގަޅުވެއްހެ އެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިހާތަނަށް ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 1،311 މީހަކު ވަނީ ބަލިން ރަނގަޅުވެފައިވެ އެވެ. ...

14 Jun 2020 | 17:51

ކޯވިޑް-19 ޖެހުނު 94 މީހަކު ބަލިން ރަނގަޅުވެއްހެ އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިހާތަނަށް ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 1،311 މީހަކު ވަނީ ބަލިން ރަނގަޅުވެފައިވެ އެވެ. ކޮންމެ ދުވަހަކު ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު 50 އަށްވުރެ އިތުރެވެ.

މިއަދު ޕޮސިޓިވްވެފައިވަނ ީ22 މީހުންނެވެ. އޭގެ ތެރެއިން ހިމެނެނީ ބަންގްލަދޭޝްގެެ ނުވަ މީހަކާއި ނުވަ ދިވެއްސަކާއި ނޭޕާލްގެ ދެ މީހަކާއި އިންޑިއާ އަދި ތައިލެންޑް މީހެކެވެ.

މިހާތަނަށް ރާއްޖެއިން ޖުމްލަ 2،035 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފައ އެވެ.

މަރުވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ހަތަރު ބަންގްލަދޭޝް މީހުންނެވެ.

މީގެ ތެރެއިން މަރުވި ހުރިހާ ބިދޭސީންނަކީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން ދިޔަ މީހުންނެވެ. މަރުވި ދިވެހިންނަކީ އުމުރުން ދުވަސްވީ މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް