ޖަމާއަތް ހެދުމަކާ ނުލާ ނަމާދު ކުރެވޭގޮތަށް މާލެ ސަރަހައްދުގެ މިސްކިތްތައް ހުޅުވާލައިފި

މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް މާދަމައިން ފެށިގެން ބޮޑު ލުއިތަކެއް ދޭން ނިންމާފައިވާއިރު، ޖަމާއަތް ހެދުމަކާ ނުލާ ނަމާދު ކުރެވޭގޮތަށް ިސްކިތްތައް މިރޭގެ މަގްރިބް ނަމާދުން ފެށިގެން ...

14 Jun 2020 | 13:33

މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް މާދަމައިން ފެށިގެން ބޮޑު ލުއިތަކެއް ދޭން ނިންމާފައިވާއިރު، ޖަމާއަތް ހެދުމަކާ ނުލާ ނަމާދު ކުރެވޭގޮތަށް ިސްކިތްތައް މިރޭގެ މަގްރިބް ނަމާދުން ފެށިގެން ހުޅުވާލައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅުގެ ހުރިހާ މިސްކިތްތައް ހުޅުވާލުން އެންމެ ރަނގަޅު ކަމަށާއި މިސްކިތްތައް ހުޅުވާލާއިރު ސިޓީކައުންސިލުން ބައެއް ކަންކަމަށް ސަމާލުކަން ދޭންވާނެ ކަމަށެވެ.

އެ ކަންކަމަކީ:

ހ. ނަމާދު ކުރުމަށް ހުޅުވާލާ މިސްކިތުގައި ކާޕެޓު އަޅާފައި ނެތުން

ށ. ކޮންމެ ނަމާދެއްގެ ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފުކުރުން

ނ. މިސްކިތުގައި ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމް ހަމަޖެއްސުން

ރ. މި ހާލަތުގައި އެއާކޯނު ބޭނުން ނުކުރުން

މީގެ އިތުރުން މިސްކިތަށް ނަމާދަށް ދާ ބޭފުޅުންވެސް ސަމާލުކަން ދޭންވީ ކަންކަން އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

އެކަންތައްތަކަކީ:

ހ. ގެއިން ވުލޫ ކޮށްގެން މިސްކިތަށް ދިއުން

ށ. މުސައްލައެއް ގެންދިއުމާއި މާސްކު އެޅުން

ނ. މިސްކިތަށް ވަނުމުގައި އަދި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުން

ރ. މުސައްލަ އެޅުމުގައި ގައިދުރުކަން ބެހެއްޓުމާއި، އެމީހެއްގެ މުސައްލަ މަތީގައި މެނުވީ ނަމާދު ނުކުރުން

ބ. ރޯގާ ޖެހި ނުވަތަ ހުން އައިސް ނުވަތަ ކެއްސާނަމަ މިސްކިތަށް ނުދިއުން

ޅ. ނަމާދު ނިމުމަށްފަހު މިސްކިތުގައި މަޑު ނުކުރުން

ކ. ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި އުމުރުން ދުވަސް ވެފައިވާ މީހުން މިސްކިތަށް ނުދިއުން

އ. މިސްކިތުގައި އަދި މިސްކިތުން ބޭރުގައިވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަމުން ދުރުހެލިވުނެ.

ވ. މިސްކިތުގައިވާ ހަތިމްތައް ބޭނުން ނުކުރުން.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް