ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޕްލޭނިން މިނިސްޓްރީގެ ނަން ބަދަލުކޮށް އަލުން އެ މިނިސްޓްރީގެ މިނިސްޓަރު ކަމަށް މުހައްމަދު އަސްލަމް އައްޔަން ކޮށްފި އެވެ.
އަސްލަމް މީގެ ކުރިން ހުންނެވީ މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ މަގާމުގައި އެވެ. އެކަމަކު މިދިޔަ ހަފްތާ ތެރޭގައި ހައުސިން މިނިސްޓްރީ އުވާލައި ޕްލޭނިން މިނިސްޓްރީގެ ބައެއްގެ ގޮތުގައި ހައުސިން ވަނީ ހަމަޖައްސާފައި އެވެ.
އަސްލަމް މިއަދު އައްޔަން ކުރެއްވީ މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ މަގާމަށެވެ.
ހައުސިން މިނިސްޓްރީ އުވާލައި އެ މިިނިސްޓްރީގެ މުވައްޒަފުންވެސް ވަނީ ޕްލޭނިން މިނިސްޓްރީއަށް ބަދަލުކޮށްފައި އެވެ.
ހައުސިން މިނިސްޓްރީ އުވާލީ މިނިސްޓަރު ކަމުގައި ހުންނެވި އާމިނަތު އާތިފާ އިސްތިއުފާދެއްވުމުންނެވެ. އާތިފާ އިސްތިއުފާދެއްވީ ސިއްހީ ހާލަތު ވަރަށް ގޯސްވެގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް