ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެމަފިރކަނބަލުން ކަސްރަތު ކުރަން އުޅުއްވަނިކޮށް އެމްޑީޕީގެ އެކްޓިވިސްޓަކު ފުރައްސާރަކޮށް ދިމާކޮށްލި މައްސައާއި ގުޅިގެން ރައީން އިބްރާޙިމް މުހައްމަދު ސޯލިހު ގުޅުއްވައި ހާލު ބައްލަވައިފި އެވެ.
މިކަން ހާމަކުރެއްވީ ޑރ. ވަހީދު ކުރެއްވި ޓުވީޓެއްގައި އެވެ. އެމަނިކުފާނަށް ފުރައްސާރަކޮށް ހުތުބަހުން ވާހަކަދެއްކީ މިއަދު ހެނދުނު ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށެވެ.
ޑރ. ވަހީދު ފަހުން ކުރެއްވި ޓުވީޓެއްގަިއ ވިދާޅުވީ ރައީސް ސޯލިހު އެމަނިކުފާނަށް ގުޅުއްވައި ހާލުބެއްލެވީތީ ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
މި މައްސަލަ ފުލުހުންވެސް ބަލަމުންދާ ކަމަށް ބުނެފައިވެ އެވެ.
ރައީސް ވަހީދު ވިދާޅުވިގޮތުގައި މަގުމަތިން ފުރައްސާރަކުރީ އެމްޑީޕީގެ އެކްޓިވިސްޓު ޖޯރޭ އެވެ. އަދި އޭނާގެ އަމަލުތަކަށް އުސްފަސްގަނޑުގައި ތިބި ގިނަ ބަޔަކު ހެކި ވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް