އިންޓަނެޓް މެދުވެރިކޮށް ކުދިން ގްރޫމް ކުރުން ވަނީ އިތުރުވެފައި: މިނިސްޓަރު އައިޝާ

އިންޓަނެޓް މެދުވެރިކޮށް، ކުޑަކުދިން ގްރޫމްކުރުން ރާއްޖޭގައި އިތުރުވަމުން އަންނާތީ އެކަމަށް ސަމާލުވުމުމަށް ޖެންޑާ މިނިސްޓާރު، އާއިޝަތު މުހައްމަދު ދީދީ އިލްްތިމާސް ކުރައްވައިފި އެވެ. މި މައްސަލަ ފެންމަތ...

14 Jun 2020 | 07:57

އިންޓަނެޓް މެދުވެރިކޮށް، ކުޑަކުދިން ގްރޫމްކުރުން ރާއްޖޭގައި އިތުރުވަމުން އަންނާތީ އެކަމަށް ސަމާލުވުމުމަށް ޖެންޑާ މިނިސްޓާރު، އާއިޝަތު މުހައްމަދު ދީދީ އިލްްތިމާސް ކުރައްވައިފި އެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ގެސްޓު ހައުސްއަކަށް ގެންގޮސް މިދިޔަ ހަފްތާގެ ތެރޭގައި އުމުރުން11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރުގެ ހާދިސާއެއް ހިނގާފައިވަނިކޮށެވެ.

މިނިސްޓަރު ކުރެއްވި ޓުވީޓެއްގަ ހައްލުވައިގެން ޖިންސީ ކުޑަކުދިން ޖިންސީ ކަންކަމުގައި ޝާމިލް ކުރުމުގެ ސަގާފަތް ރާއްޖޭގައި ވެސް ހިނގަމުން އަންނަ ކަމަށެވެ. އަދި ބެލެނިވެރިންގެ ހައިސިއްޔަތުން، ކުދިންނަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށް ދިނުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

އަދި ޝައްކުވާ ކަހަލަ އެއްވެސް ކަމެއް ހިނގާނަމަ، ފުލުހުންނަށް އެކަން ރިޕޯޓު ކުރުމަށް މިނިސްޓަރު އެދިވަޑައިގެންފައިވެ އެވެ.

https://twitter.com/aishamdidi/status/1271643569372061696

11 އަހަރުގެ ކުޑަކުއްޖާ ރޭޕް ކުރި މައްސަލައިގަ ހައްޔަރު ކޮށްފައިވަނީ ހއ. ބާރަށު، ސިލްސިލާގޭ، އުމުރުން 38 އަހަރުގެ އަނީސް ހިލްމީ އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ހަތް ދުވަސް ޖަހައިދީފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް