ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހަ ޗުއްޓީ ހޭދަކުރަން އެންމެ ދާން ބޭނުންވާ ގައުމީ ދިވެހިރާއްޖެ އެވެ.
މިދިޔަ ދެތިން އަހަރު އޭނާ ކޮންމެ އަހަރަކު އޭނާ އެކުވެރިން، ނުވަތަ އާއިލާ މެންބަރުންނާއި އެކު ރާއްޖެއަށް ޗުއްޓީ ހޭދަ ކުރަން އައިސްފައިވެ އެވެ. އެންމެ ފަހުން އައިސްވައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
ސޮނާކްޝީ ރާއްޖެ އައިސް ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް އިންސްޓަގްރާމްކޮށް ބުނެފައިވަނީ ދުނިޔޭގައި އެންމެ ދާހިތްވާ ގައުމަކީ ރާއްޖެ ކަމަށެވެ. އަދި މިހާރު ދިމާވެގެން އުޅޭ ބަލިމަޑުކަމުން އަރައިގަނެވުނުހާ އަވަހަށް ރާއްޖެ އަންނާނެ ކަމަށް ބުނެފައިވެ އެވެ.
އޭނާ ރާއްޖޭގައި އެންމެ ގަޔާވަނީ ފީނުމާއި ދޮންވެލި ގަނޑުމަތީގައި އޮވެލަންކަމަށް ބުނެފައިވެ އެވެ.
https://www.instagram.com/p/CBLNv4MA6c-/?utm_source=ig_embed
ސޮނާކްޝީ ލާފައިވާ ފޮޓޯއެއްގައި ބުނެފައިވާގޮތުގައި އެންމެ ފަހުން އޭނާ ރާއްޖެއަށް ކުރި ދަތުރަކީ ބޭނުންވި ގޮތަށް މޫސުން ރަނގަޅު ދުވަސްކޮޅަކަށް ނުވި އެވެ. ޗުއްޓީގެ ދެތިން ދުވަހު ވިއްސާރަ ވެހުނު ނަމަވެސް ދުވަހަކުވެސް ރާއްޖެއަށްވުރެ ރީތި ދާން ބޭނުންވާ މަންޒިލެއް ނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް