ވަހީދުގެ ދެކަނބަލުންނާއި އެމްޑީޕީގެ އެކްޓިވިސްޓަކު މަގުމަތިން ދިމާކޮށްލައިފި

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި، އަނބިކަނބަލުން އިލްހާމް ހުސައިން އާއި މަގުމަތިން މީހަކު ދިމާކޮށްލައިފި އެވެ. ރައީސް ވަހީދުގެ ދެކަނބަލުން މަގުމައްޗަށް ނުކުމެވަޑައިގެންނެވީ ހެނދުނު ކަސްރަތަށެވެ. ...

14 Jun 2020 | 06:28

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި، އަނބިކަނބަލުން އިލްހާމް ހުސައިން އާއި މަގުމަތިން މީހަކު ދިމާކޮށްލައިފި އެވެ.

ރައީސް ވަހީދުގެ ދެކަނބަލުން މަގުމައްޗަށް ނުކުމެވަޑައިގެންނެވީ ހެނދުނު ކަސްރަތަށެވެ.

ޑރ. ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަނބިކަނބަލުންނާ އެކު ކަސްރަތުގައި އުޅުއްވަނިކޮށް އެ ދެ ބޭފުޅުންނާ ދިމާކޮށް، ހުތުރު އެއްޗެހި ގޮވީ އެމްޑީޕީގެ އެކްޓިވިސްޓަކު ކަމަށެވެ. އެ ކަން ހިނގާފައިވަނީ އުސްފަސްގަނޑު ސަރަހައްދުގައި ކަމަށާއި އެވަގުތު އެ ސަރަހައްދުގައި ތިބި އެންމެން އެކަމަށް ހެކިވާނެ ކަމަށެވެ.

ޑރ. ވަހީދު ވިދާޅުވީ އެމްޑީޕީގެ އެކްޓިވިސްޓު ޖޯރޭ ވަނީ އެ ދެބޭފުޅުންގެ ފަހަތްޕުޅުން ހިނގައި ހަޑިހުތުރުބަހުން އެއްޗެހި ކިޔާފައި ކަމަށެވެ.

https://twitter.com/DrWaheedH/status/1272012869203374081

ވަހީދުގެ ޓުވީޓުގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސްރީ ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސޭ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ އާއި ފުލުހުން ޓެގްކުރައްވާފައިއެވެ.

ޑރ. ވަހީދުގެ ދެކަނބަލުންނަށް ދިމާކޮށްލި ވާހަކަ ޓުވިޓާގައި ހިއްސާކުރުމުން ގިނަ ބަޔަކު ދަނީ އެކަން ކުށްވެރި ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް