ފިލައިގެން އުޅޭ ކޯވިޑް ޖެހިފައިވާ މީހުންގެ ތެރެއިން އިތުރު މީހަކު ފެނިއްޖެ

ރެންޑަމް ސާމްޕަލްގެ ތެރެއިން ކޯވިޑް-19 އަށް ޕޮސިޓިވް ވެގެން ހޯދާ ނުފެނިގެން އުޅޭ މީހުންގެ ތެރެއިން އިތުރު މީހަކު ފެނިއްޖެ އެވެ. ގެއްލިގެން ފުރަތަމަ ހޯދީ ހަތް މީހެކެވެ. އެ އެންމެންނަކީ ބިދޭސީންނެވެ. އޭ...

14 May 2020 | 17:57

ރެންޑަމް ސާމްޕަލްގެ ތެރެއިން ކޯވިޑް-19 އަށް ޕޮސިޓިވް ވެގެން ހޯދާ ނުފެނިގެން އުޅޭ މީހުންގެ ތެރެއިން އިތުރު މީހަކު ފެނިއްޖެ އެވެ.

ގެއްލިގެން ފުރަތަމަ ހޯދީ ހަތް މީހެކެވެ. އެ އެންމެންނަކީ ބިދޭސީންނެވެ. އޭގެ ތެރެއިން އިއްޔެގެ ނިޔަލަށް ފެނިފައިވަނީ ހަތަރު މީހެކެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އިތުރު އެކަކު މިއަދު ފެނިފައިވާ ކަމަށެވެ. އަދި މިހާރު ހޯދަމުން ދަނީ އޭގެ ތެރެއިން ދެ މީހަކު ކަމަށެވެ.

ފުރަތަމަ ފެނުނު ހަތަރު މީހުންގެ ތެރެއިން އުމުރުން54 އަހަރުގެ ބިދޭސީއަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ޓްރީ ޓޮޕް ހޮސްޕިޓަލްގެ އައިސީޔޫގައި އެވެ.

މަބްރޫކް ވިދާޅުވީ ބާކީ ތިބި ދެމީހުން ނުފެނި ގިނަ ދުވަސްވަންދެން މަޑު ނުކުރާނެ ކަމަށެވެ. މަބްރޫކް ވިދާޅުވީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްއަށް ލިބިދޭ ބާރުގެ ދަށުން އެމީހުންގެ މައުލޫމާތާއި ފޮޓޯ ހާމަ ކޮށް ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން982 މީހަކު ވައިރަސްއަށް ޕޮސިޓިވްވެފައިވާއިރު އޭގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. އަދި ރާއްޖެއިން ކޯވިޑް-19 ގައި މަރުވި ހަތަރު މީހުންގެ ތެރޭގައި ބަންގްލަދޭޝްގެ މީހަކު ހިމެނެ އެވެ.

މީގެ އިތުރުން މިހާތަނަށް ބަލިން ރަނގަޅުވި46 މީހުންގެ ތެރޭގައިވެސް ބަންގްލަދޭޝް މީހުން ހިމެނޭ ކަމަށް އެންއީއޯސީން މައުލޫމާތުދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް