ރާއްޖެއިން އިތުރު14 މީހަކު ވައިރަސްއަށް ޕޮސިޓިވްވެ، ހަ މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ ބަލިން މިއަދު ރަނގަޅުވީ ފަސް ފިރިހެނުންނާއި އަންހެނެކެވެ. މިއާއި އެކު ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ46 މީހުންނަށް އިތުރުވެފައި އެވެ.
އިތުރު14 މީހަކު ޕޮސިޓިވްވި އިރު މިއަދު ޖުމްލަ27 މީހަކު ވަނީ ޕޮސިޓިވްވެފައި އެވެ.
ރާއްޖެއިން އެންމެ ގިނައިން ޕޮސިޓިވްވެފައިވަނީ އުމުރުން18 އަހަރާއި40 އަހަރާއި ދެމެދުގެ މީހުންނެވެ. އޭގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. ދެވަނައަށް ދިވެހިންނަށް އެންމެ ގިނައިން ބަލި ޖެހިފައިވާއިރު ތިން ވަނައަށް އެންމެ ގިނައިން ޕޮސިޓިވްވެފައިވަނީ އިންޑިއާ މީހުންނެވެ.
މިހާތަނަށް ރާއްޖެއިން982 މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވާއިރު މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް