ވައިރަސްއަށް ޕޮސިޓިވްވި މީހުންގެ އަދަދު 968 އަށް އަރައިފި

ކޯވިޑް-19 އަށް ރާއްޖެއިން އިތުރު 13 މީހަކު ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ އަށް ދިވެހިންނާއި ފަސް ބިދޭސީން ކަމަށެވެ. ހުރިހާ ބިދޭސީންނަކީ ބަންގްލަދޭޝް ރައްޔިތުންނެވެ. ...

14 May 2020 | 08:21

ކޯވިޑް-19 އަށް ރާއްޖެއިން އިތުރު 13 މީހަކު ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ އަށް ދިވެހިންނާއި ފަސް ބިދޭސީން ކަމަށެވެ. ހުރިހާ ބިދޭސީންނަކީ ބަންގްލަދޭޝް ރައްޔިތުންނެވެ.

މިއާއި އެކު ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވި މީހުންގެ އަދަދު ވަނީ 968 އަށް އަރާފައި އެވެ.

ރާއްޖޭގައި ވައިރަހަށް ޕޮސިޓިވްވެފައިވާ މީހުންގެ އަދަދު 1،000 އާއި ކައިރިވެފައިވާއިރު މިހާތަނަށް ބަލިން ރަނގަޅުވީ 40 މީހުންނެވެ. މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައި އެވެ.

އެޗްޕީއޭއިން ކުރިން ބުނީ ރާއްޖޭގައި ކޯވިޑަށް ޕޮސިޓިވްވާ މީހުން ބަލިން ރަނގަޅުވާލެއް ލަސް ކަމަށެވެ. އެކަމަކު އޭގެ ތަފްސީލް އެނގޭނީ ރަނގަޅު ދިރާސާއެއް ކޮށްފައި ކަމަށެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޯވިޑްގެ ކޭސްއެއް ފެނުނީ މާޗް ހަތް ވަނަ ދުވަހު އެވެ. އޭގެ ފަހުން މާލެއިން ކޭސްއެއް ފެނި އާންމުންގެ މެދުގައި ބަލި ފެތުރެމުންދާކަން އެނގިފައިވަނީ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް