ފޮޓޯ: އެމްއެންޔޫ ދަނާލްގައި ވަގުތީ ގޮތުން ތިބި ބަޔަކު ޓްރާންސިޓް ކަރަންޓީނަށް ގެންދަނީ

މާލޭ ސިޓީގެ ލޮކްޑައުން އާއި ގުޅިގެން ރަށަށް ނުދެވި ތާށިވެފައި ތިބި މީހުން ރަށްރަށް ފޮނުވުމުގެ ކުރިން މާލޭގައި ކަރަންޓީން މުއްދަތު ފުރިހަމަ ކޮށް ކޯވިޑަށް ޓެސްޓުކޮށް ރަށަށް ދިއުމުގެ ހުއްދަ ދަނީ ދެމުންނެ...

13 May 2020 | 22:16

މާލޭ ސިޓީގެ ލޮކްޑައުން އާއި ގުޅިގެން ރަށަށް ނުދެވި ތާށިވެފައި ތިބި މީހުން ރަށްރަށް ފޮނުވުމުގެ ކުރިން މާލޭގައި ކަރަންޓީން މުއްދަތު ފުރިހަމަ ކޮށް ކޯވިޑަށް ޓެސްޓުކޮށް ރަށަށް ދިއުމުގެ ހުއްދަ ދަނީ ދެމުންނެވެ.

މާލޭގައި ތިބި މީހުންގެ ތެރެއިން5،000 އަށްވުރެ ގިނަ މީހުން ރަށްރަށަށް ދާން އެދި ހުށަހަޅާފައި ވިޔަސް ވަގުތީ ގޮތުން މާލެ އައިސް ނުދެވި ތަށީވެފައި ތިބީ1،600 މީހުން ކަމަށް އެންއީއޯސީން ބުނެ އެވެ. ރަށްރަށަށް ފޮނުވުމުގައި އިސްކަން ދޭނީ އެމީހުންނަށް ކަމަށް ބުނެ އެވެ.

ރަށަށް ފޮނުވުމުގައި އިސްކަން ދެނީ އޭޕްރިލް އެއްވަނަ ދުވަހުގެ ފަހުން މާލެ އައިސްފައިވާ މީހުންނާއި، ބޭސްފަރުވާއަށް މާލެ އައިސް ނުދެވި ތިބި މީހުންނަށެވެ. ދެން އިސްކަން ދެނީ ރިސޯޓުތަކުގައި ކަރަންޓީން ފުރިހަމަ ކުރުމަށް ފަހު ރަށަށް ދާން މާލެ އައިސް ލޮކްޑައުން އާއި ގުޅިގެން ނުދެވި ތާށިވެފައި ތިބި މިހުންގެ އިތުރުން ލޮކް ޑައުންގެ ހަތަރެއް ނުވަތަ ތިން ދުވަސް ވަރު ކުރިން ވިޔަފާރި ދަތުރުތަކުގައި މާލެ އައިސްފައިވާ މީހުންނަށެވެ.

މިގޮތަށް ތާށިވެފައި ތިބި މީހުންގެ ތެރެއިން ގެސްޓު ހައުސްތަކުގައި ތިބި މީހުންނާއި ވަންނާނެ ތަނެއް ނެތް މީހުންނަށް ސަރުކާރުން ވަނީ ލޮކްޑައުން ކުރި މުއްދަތުން ފެށިގެން ކެއުމާއި ނިދުން ހަމަޖައްސައިދީފަ އެވެ. އެކަމަކު އެމީހުން ރަށަށް ފޮނުވަން ނިންމާފައިވަނީ ޓަރާންސިޓް ކަރަންޓީން ފެސިލިޓީތަކުގައި14 ދުވަހު ބޭތިއްބުމަށް ފަހު ކޯވިޑް ޖެހިފައި ނެތްކަން ކަށަވަރު ކުރުމަށް ފަހު އެވެ.

މީގެ ތެރެއިން ބަޔަކު ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ދަރިވަރުންގެ އެކޮމޮޑޭޝަން (ދަނާލް) ގައި ހުރި ހުސް ކޮޓަރިތަކުގައި ބައިތިއްބާފައި އެވެ. އެ ކޮޓަރިތައް ހުސްކޮށް ހުރީ ޔުނިވާސިޓީގެ ކިޔެވުމުން ކޯވިޑާއި ގުޅިގެން ބަންދު ކުރުމާއި ގުޅިގެން ބައެއް ދަރިވަރުން ޗުއްޓީއަށް ރަށަށް ދިއުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް