މާފުށީ ޖަލުން ޓެސްޓު ކުރި މީހުންނާއި ހުޅުމާލޭ ޖަލުގަ ރޭ މަރުވި ގައިދީ ނެގެޓިވް

މާފުށީ ޖަލުގައި ކޯވިޑް-19 ފެތުރޭތޯ ބަލަން ނެގި ހުރިހާ ސާމްޕަލްތަކެއް ނެގެޓިވް ވެފައިވާ ކަމަށް މޯލްޑިވްސް ކަރެންޝަނަލް ސާވިސްއިން ބުނެފި އެވެ. ރާއްޖޭގެ މައި ޖަލުގައި ނުރައްކާތެރި ކޯވިޑް-19 ފެތުރޭތޯ ބަލ...

13 May 2020 | 21:48

މާފުށީ ޖަލުގައި ކޯވިޑް-19 ފެތުރޭތޯ ބަލަން ނެގި ހުރިހާ ސާމްޕަލްތަކެއް ނެގެޓިވް ވެފައިވާ ކަމަށް މޯލްޑިވްސް ކަރެންޝަނަލް ސާވިސްއިން ބުނެފި އެވެ.

ރާއްޖޭގެ މައި ޖަލުގައި ނުރައްކާތެރި ކޯވިޑް-19 ފެތުރޭތޯ ބަލަން މިދިޔަ ހަފްތާގައި ފުރަތަމަ ނެގީ38 ސާމްޕަލް އެވެ. ކަރެކްޝަންސް އިން ބުނީ އެ ހުރިހާ ސާމްޕަލްއެއްގެ ނަތީޖާ ނެގެޓިވްކަން އެޗްޕީއޭއިން އެ އިދާރަޢަށް ކަށަވަރުކޮށްދީފައިވާ ކަމަށެވެ. މާފުށި ޖަލުން ވައިރަށް ޓެސްޓު ކުރި މީހުންގެ ތެރޭގައި ގައިދީންނާއި އޮފިސަރުން ހިމެނެ އެވެ.

މީގެ އިތުރުން ރޭ ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މަރުވި އުމުރުން92 އަހަރުގެ ގައިދީ ކޯވިޑަށް ޓެސްޓު ކުރި ކަމަށް ބުނެފައިވެ އެވެ. އޭނާގެ ނަތީޖާވެސް ނެގެޓިވް ކަމަށް އެޗްޕީއޭއިން އަންގާފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.

ރާއްޖޭގައި ވައިރަސް ފެތުރޭ މިންވަރު ދެނެގަތުމަށް އެޗްޕީއޭއިން ދަނީ ރެންޑަމް ސާމްޕަލް ނަގަމުންނެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކާއި، ނުރައްކަލަށް ހުށަހެޅިގެން މަސައްކަތް ކުރާ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވައިރަހަށް ދަނީ ޓެސްޓު ކުރަމުންނެވެ.

މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންގެ މެދުގައި ބަލި ފެތުރޭ މިންވަރު ދެނެގަތުމަށް ޓެސްޓު ކުރަން ފަށާފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް955 މީހުން ޕޮސިޓިވްވެފައިވާއިރު ހަތަރު މީހަކު ވަނީ ބަލީގައި މަރުވެފައި އެވެ. އަދި40 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް