މޯލްޑިވިއަންގެ އަހަރީ ދުވަހު ހިޔާ ކުދިންނަށް ރޯދަވީއްލުމެއް ދީފި

އިއްޔެ ފާހަގަ ކުރި ގައުމީ އެއާލައިން މޯލްޑިވިއަންގެ އަހަރީ ދުވަހު ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ރޯދަ ވީއްލުމެއް ދީފި އެވެ. މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ...

14 Apr 2021 | 16:58

އިއްޔެ ފާހަގަ ކުރި ގައުމީ އެއާލައިން މޯލްޑިވިއަންގެ އަހަރީ ދުވަހު ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ރޯދަ ވީއްލުމެއް ދީފި އެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ ހިޔާ ކުދިންނަށް ރޯދަ ވިއްލުމެއް ދިނުމަށް ނިންމީ ރޯދަމަހާއި އަހަރީ ދުވަސް ދިމާވުމުން ކަމަށެވެ. އަދި ކޯވިޑް-19ގެ ސަބަބުން މިދިޔަ އަހަރާއި މި އަހަރު އޭގެ ކުރީ އަހަރުތަކުގައި އަހަރީ ދުވަސް ފާހަގަ ކުރިހެން ފަހާގަ ކުރެވެން ނެތް ނަމަވެސް ތަފާތު ގޮތަކަށް އެ ދުވަސް ފާހަގަ ކުރަން ނިންމީ ކަމަށެވެ.

މިދިޔަ އަހަރު ކޯވިޑް-19 ލޮކްޑައުންއާއި ގުޅިގެން އަހަރީ ދުވަހު މިފަދަ އެއްވެސް ހަރަކާތެއް ކުރިޔަށް ގެންގޮސްފައެއް ނުވެ އެވެ. ވަސީމް ވިދާޅުވީ މިއަހަރު މުވައްޒަފުންނާއި ކަސްޓަމަރުންނަށް ހާއްސަކޮށްގެން ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

https://twitter.com/moonty12/status/1382208911629901824

މޯލްޑިވިއަންގެ 21 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ހިޔާގެ ކުދިން ބައިވެރި ކުރުމުން އެތަނުގެ ސީއީއޯ މޫމިނާ އާދަމް ވަނީ އެ އެއާލައިނަށް ޝުކުރު އަދާކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް