ތ. އޮމަދޫގައި ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ފައްސިވެ، އެ ރަށަށް އަރައިފޭބުން އެޗްޕީއޭން މިއަދު މަނާކޮށްފި އެވެ.
އެ ރަށަށް އަރައިފޭބުން މަނާކުރީ ކޯވިޑް-19 ފެނިފައިވާ އެ އަތޮޅު ވޭމަންޑުއަށް ދިޔަ މީހުންގެ ތެރެއިން ގޭގައި އެކަހެރިކުރެވިފައި ހުރި މީހެއްގެ ފަރާތުން ބަލީގެ އަލާމާތްތަކެއް ފެނިގެން ސުންކު ނަގައި ތަހުލީ ކުރިއިރު ބައްޔަށް ފައްސިވުމުންނެވެ. އޭނާގެ ސުންކު ނެގީ އިއްޔެގެ ވަގުތެއްގައެވެ.
އާބާދީގައި 1،500 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އޮމަދޫގައި މިވަގުތު ވެސް 150-160 އާ ދެމެދުގެ މީހުން އެކަހެރިކުރެވިފައި އެބަ ތިއްބެވެ. މި އެންމެނަކީ ވެސް މިދިޔަ މަހުގެ 15ގެ ފަހުން ވޭމަންޑުއަށް ދަތުރުކޮށްފައިވާ މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް