ފަތިސް ނަމާދަށް ހޭލުމަށް އާންމުން އަހުލުވެރިކުރުމުގެ މާތް މަގްސަދުގައި ލިޓަސް ފިހާރައިން ފޭސްބުކްގައި ޗެލެންޖެއް ފަށައިފި އެވެ.
ލިޓަސްގެ ފޭސްބުކް ޕޭޖްގައި ފެށި މި ޗެލެންޖުގައި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ފަތިހު 05:00ގައި ލިޓަސް އިން އެ ކުންފުނީގެ ފޭސްބުކް ޕޭޖުގައި ސުވާލެއް ޕޯސްޓު ކުރާނެ އެވެ. މި ސުވާލަށް ޖަވާބުދޭ މީހުންގެ ތެރެއިން ކޮންމެ ދުވަހަކު ހޮވޭ ނަސީބުވެރިއަކަށް 500ރ. ގެ ފައިސާގެ އިނާމު ލިބޭނެ ކަމަށް އެ ފިހާރައިން ބުނެފައި ވެއެވެ.
ސުވާލަށް ޖަވާބު ދެވޭނީ ހަމަ އެކަނި ފަތިހު 05:000 އިން ފެށިގެން ހެނދުނު 06:00އާ ދެމެދުގަ އެވެ.
ކޮންމެ މީހަކަށް ވެސް ޖަވާބު ދެވޭނީ އެއް ފަހަރު އެވެ. އެއް ފަހަރަށް ވުރެ ގިނައިން ޖަވާބު ދީފައިވާ ނަމަ އެންމެ ފުރަތަމަ ކުރި ކޮމެންޓު ޖަވާބުގެ ގޮތުގައި ބަލާނެ ކަމަށް އޭނާ ބުނެއެވެ.
މި ޗެލެންޖުގައި ލިޓަސް އިން ކުރާނީ ދީނީ ސުވާލުތަކެކެވެ. މިއީ ރޯދަމަސް ކަމަށް ވުމުން އެ މަހާ ގުޅުން ހުރި ސުވާލުތައް ކުރުމަށް އިސްކަން ދޭނެ ކަމަށް ލިޓަސް އިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް