ހަ ވޯޓު ފޮށްޓެއްގެ މައްސަލަ އެމްޑީޕީގެ ފަރާތުން އީސީއަށް

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި ގުޅިގެން އެމްޑީޕީން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ޝަކުވާތަކެއް ހުށަހަޅައިފިއެވެ. އެމްޑީޕީން މިއަދު ބޭއ...

14 Apr 2021 | 10:18

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި ގުޅިގެން އެމްޑީޕީން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ޝަކުވާތަކެއް ހުށަހަޅައިފިއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، މާލޭގެ 6ދާއިރާއެއްގެ ވޯޓު ފޮށި އަލުން ގުނުމަށް އެމްޑީޕީން ހުށަހަޅާފައިވާ ކަމަށެވެ.

އެ ފޮށިތަކުގެ މައްސަލަ ހުށާއެޅި ސަބަބެއްގެ ގޮތުގައި ހަސަން ފާހަގަކުރެއްވީ އެ ދާއިރާތަކުގެ ބާތިލު ވޯޓު ގިނަ ކަމެވެ. ހާއްސަކޮށް އިންތިހާބު ކާމިޔާބުކުރި ކެނޑިޑޭޓާއި ބަލިވި ކެނޑިޑޭޓާއި ދެ މެދު ފަރަގުގެ ގޮތުގައިވާ އަދަދަށް ވުރެއް ބޮޑު އަދަދެއް ބާތިލު ވޯޓުގެ ގޮތުގައި ހުރިކަން ހަސަން ފާހަގަކުރެއްވިއެވެ.

ހަސަން ވިދާޅުވީ ސައްހަ ވޯޓުތަކެއް ބާތިލުކޮށްފައި ހުރިކަމަށް ބެލެވޭ ކަމަށާއި، އެހެން ކަމުން އެމްޑީޕީން އެދެނީ އެ ވޯޓުތައް އަލުން ގުނުމަށްކަމަށެވެ. އަދި އުންމީދަކީ އަލުން ގުނުމުން ނަތީޖާ ބަދަލުވުންކަމަށްވެސް ހަސަން ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ 6 ފޮށި އަލުން ގުނާއިރު، ވީހާވެސް އަމާން މާހައުލެއްގައި އެކަން ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް