ލޯކަލް ކައުންސިލް އިންތިޚާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ އިންތިޚާބުގައި މަދުބަޔަކު ވޯޓުލާން ނުކުތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރާ ވާހަކަ ދައްކާތީ އެކަމާ ކަންބޮޑުވެގެން ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ މަސްވެރިން، ދަނޑުވެރިން އަދި ހުރިހާ ފަރާތްތަކެއްގެވެސް ޝަކުވާތަކެއް އެބަހުރިކަމަށާއި، އެކަމަށް ދެކޮޅު ނަހަދާނެ ކަމަށެވެ. އާޒިމް ވިދާޅުވީ ނިމިދިޔަ އިންތިހާބަކީ އެމްޑީޕީއަށް ގެއްލުނު އިންތިހާބެއްކަމަށް ބުނެވެން ނެތްކަމަށެވެ. އެހެންނަމަވެސް މާލޭގެ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވީ ބައިވަރު ސަބަބުތަކަކާ ހެދިކަމަށެވެ.
އާޡިމް ވިދާޅުވީ، މީގެ ކުރިން ވެރިކަން ތަކުގައި ރައްޔިތުން ތިބީ ކަސްތަޅުއެޅިފައި ކަމަށާއި، އެހެންކަމުން މިނިވަންކަމެއް ލިބޭއިރަށް ވީހާވެސް އަވަހަށް ކަންކަން ކުރަން ރައްޔިތުން ބޭނުންވާނެ ކަމަށެވެ. އެހެންނަމަވެސް އެކަމެއް ވާނީ އެކަމެއް ކުރުމަށް އޮންނަ މުއްދަތުގެ ތެރޭގައިކަން ގަބޫލުކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އަލީ އާޒިމް ވިދާޅުވީ ރައްޔިތުން މި އިންތިހާބުގައި ބުނީ ކުރީގެ ރައީސް ޔާމީން ދޫކޮށްލަން ނޫންކަމަށާއި، ގިނަ ރައްޔިތުން ވޯޓުލާން ނުނިކުތީ ރައީސް ޔާމީން ދޫކޮށްލާ ވާހަކަ ދައްކާތީ އެކަމާ ކަންބޮޑުވެގެން ކަމަށެވެ. ރައްޔިތުން ވޯޓު ލާން ނުނިކުތީ މީގެ ކުރިން ކޮރަޕްޝަން ހިންގާފައި ތިބި މީހުން ހިޔާ ހައްޔަރު ކުރާލެއް ލަސްވެގެން ކަމަށްވެސް އަލީ އާޒިމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް