ރޯދަ މަހު މާލޭ މާރުކޭޓުތައް ހުޅުވާފައި ހުންނަ ގަޑިތައް އާންމުކޮށްފި

މި ރޯދަ މާލޭ ސިޓި ކައުންސިލްގެ ބެލުމުގެ ދަށުން ހިންގާ މާރުކޭޓުތައް ހުޅުވާފައި ހުންނަ ގަޑިތައް އާންމުކޮށްފި އެވެ. ސިޓީ ކައުންސިލް ބެލުމުގެ ދަށުން މާލޭގައި ހިންގަނީ މަސް މާރުކޭޓު، ދަތުރުވެރިންގެ މާރުކޭޓ...

14 Apr 2021 | 08:39

މި ރޯދަ މާލޭ ސިޓި ކައުންސިލްގެ ބެލުމުގެ ދަށުން ހިންގާ މާރުކޭޓުތައް ހުޅުވާފައި ހުންނަ ގަޑިތައް އާންމުކޮށްފި އެވެ.

ސިޓީ ކައުންސިލް ބެލުމުގެ ދަށުން މާލޭގައި ހިންގަނީ މަސް މާރުކޭޓު، ދަތުރުވެރިންގެ މާރުކޭޓު އަދި ލޯކަލް މާރުކޭޓެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ރޯދަ މަހު މަސް މާރުކޭޓުގެ ހިދުމަތް ދޭނީ ހުކުރު ދުވަސް ފިޔަވާ ހުރިހާ ދުވަހެއްގައި ހެނދުނު 6:00 ން ހަވީރު 4:30 އަށް ކަަމަށެވެ. ހުކުރު ދުވަހު އެ މާރުކޭޓުގެ ހިދުމަތް ދޭނީ މެންދުރު ފަހު 2:00 ން ހަވީރު 4:30 އަށް ކަމަށެވެ.

ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓު ހުކުރު ދުވަހު ހުޅުވާނީ ހެނދުނު 6:00 ން 10:00 އަށެވެ. އަދި މެންދުރު ފަހު 2:00 ން ރޭގަނޑު 11:00 އަށް ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

ހަފްތާގެ އެހެން ދުވަސް ދުވަހު އެ ދެ މާރުކޭޓު ހުޅުވާފައި ހުންނާނީ ހެނދުނު 6:00 ން ރޭގަނޑު 11:00 އަށެވެ.

މި މާރުކޭޓުތަކަކީ މާލޭގައި ރޯދަ މަހު ގިނަ ބަޔަކު ހިދުމަތް ހޯދާ ތަންތަނެވެ. ހާއްސަކޮށް ހަވީރަށް އެ ސަރަހައްދުގެ ބާރު ބޮޑުވާތީ ހަތަރު ފުރޮޮޅުލީ އުޅަނދު ބާޒާރު ސަރަހައްދަށް ވަނުން އޮންނަނީ މަނާކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް