ރަމަޟާން މަސް އައުމު ކުރިން ތިންބެން ކުރަނީ ތަފާތު ކަމެކެވެ. އެއީ މިސްކިތް ޒީނަތްތެރިކުރުމެވެ.
މީގެ ދެ އަހަރު ކުރިން މި ތިންބެން ކަމަށްވާ، ކަރަމް، ހަމަދާ އަދި އަޙްމަދު އެމީހުންގެ ވިލެޖްގައި ރަމަޟާން މަހަށް ތައްޔާރު ވުމަށްޓަކައި މިސްކިތް ޒީނަތްތެރި ކުރަން ފެށިއެވެ.
މިސްރުގެ ޓަންކާ ސިޓީގައިވާ އެމީހުން ދިރިއުޅޭ އަަވަށް 'ޝޯނީ' ގައި ރަމަޟާން މަސް އައުމުގެ އެއް މަސް ކުރިން މި ތިންބެން ތައްޔާރުވާން ފަށާއެވެ. އެގޮތުން މިސްކިތުގެ ފާރާއި ސީލިންގް ފަރުމާކުރުމުގެެ މަސައްކަތުގައި ކަރަމް އާއި އަޙުމަދުގެ އިތުރުން ހަމަދާގެ ހުނަރު ވަރަށް ފުރިހަމައަށް ފެނިގެންދެއެވެ.
އެމީހުން މި މަސައްކަތް ހިލޭސާބަހަށް ކުރަމުންދާތީ، އެ ވިލެޖްގައި އުޅޭ ފަރާތްތަކުން، މި މަސައްކަތް ކުރަން ތަކެތި ހަދިޔާކުރަމުންދެއެވެ. މިގޮތުން ފަރުމާ ކުރުމަށް ބޭނުންވާ ކުލައާއި ފިހި ފަދަ، އެ މަސައްކަތަށް ބޭނުންވާ ތަކެތި އެމީހުންނަށް ލިބެއެވެ.
މި ފަރުމާތައް ރީތިވެފައި ފުރިހަމަކަން، ފޮޓޯއާއި ވީޑިއޯއިން ވެސް ފެނިގެން ދެއެވެ. ހަމަގައިމުވެއް މިއީ ނަމޫނާ މަސައްކަތަކަށް ވާނެއެވެ.
މަސްދަރު:ބީބީސީ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް