މި ރަމަޟާން މަހު ޔޫއޭއީގައި ކުރާ ޖޫރިމަނާތައް %50 ހެޔޮކޮށްފި

މި ބަރަކާރްތެރި މައްސަރުގައި، ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނުމުގެ ގޮތުން މި ރަމަޟާން މަހު ޔޫއޭއީގައި ކުރާ ޖޫރިމަނާތައް %50 ހެޔޮކޮށްފިއެވެ. ޔޫއޭއީގައި ޖޫރިމަނާ ހެޔޮކޮށްފައި މި ވަނީ، ރަމަޟާން މަހ...

14 Apr 2021 | 07:17

މި ބަރަކާރްތެރި މައްސަރުގައި، ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނުމުގެ ގޮތުން މި ރަމަޟާން މަހު ޔޫއޭއީގައި ކުރާ ޖޫރިމަނާތައް %50 ހެޔޮކޮށްފިއެވެ.

ޔޫއޭއީގައި ޖޫރިމަނާ ހެޔޮކޮށްފައި މި ވަނީ، ރަމަޟާން މަހުގެ މުނާސަބަތުގައި، ޖޫރިމަނާ ވެފައިވާ ފަރާތްތަކަށް ސަފޭހަކަމާއެކު ޖޫރިމަނާ ދައްކާލުމަށް އެހީތެރިވުމުގެ ގޮތުންނެވެ.

ޚައިމަހް ގައި ދިރިއުޅޭ ރައްޔިތުންނަށް ދެބައިކުޅަ އެއްބައި ހެޔޮކުރަން މި ކަނޑައަޅާފައި ވަނީ މަގުމައްޗަށް ކުނިއެޅުން ފަދަ ތިމާވެއްޓަށް ލިބޭ ގެއްލުމުގެ އަމަލެއް ކޮށްފައިވާތީ ކުރި ޖޫރިމަނާއިންނެވެ. މިކަން އިއުލާނު ކޮށްފައި ވަނީ އިއްޔެވެ ވަގުތެއްގައެވެ.

އޮފިޝަލުން މައުލޫމާތު ދެއްވާ ގޮތުގައި މިފަދަ ކަމަކަށް ޖޫރިމަނާ ކުރުމުގެ ބޭނުމަކީ، ތިމާވެއްޓާ ގުޅުންހުރި ކަންތައްތަކުގެ މުހިންމުކަމާމެދު މީހުން ހޭލުންތެރިކޮށް، އެފަދަ ޤަވާއިދުތަކަށް މީހުން އަމަލުކުރުވުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް