ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ ހަސަން ނިޒާރު ހޯދަން ދެވަނަ ފަހަރަށް އިއުލާނު ކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ ހަސަން ނިޒާރު ހޯދަން ދެވަނަ ފަހަރަށް އިއުލާނު ކޮށްފިއެވެ. ފުލުހުން ބުނެފައި ވަނީ 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ހާނިއްކަ ކޮށްފައިވާކަމަށް...

14 Apr 2021 | 07:02

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ ހަސަން ނިޒާރު ހޯދަން ދެވަނަ ފަހަރަށް އިއުލާނު ކޮށްފިއެވެ.

ފުލުހުން ބުނެފައި ވަނީ 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ހާނިއްކަ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހަސަން ނިޒާރު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ހަސަން ނިޒާރު ތަހުގީގަށް ހާޒިރުވުމަށް އަންގާކަމަށެވެ.

ތ. ތިމަރަފުށި/އަސަރީގެ، ޙަސަން ނިޒާރު (59އ)- A251407 ކުޑަކުއްޖަކަށް ޖިންސީ ހާނިއްކަ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް 2021 ޖުލައި 1  ވަނަ ދުވަހުގެ 10:00 އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގ އަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.

މީގެ ކުރިން ނިޒާރު ހޯދަން އިއުލާނު ކޮށްފައިވަނީ 2020 ސެޕްޓެމްބަރ24 ވަނަ ދުވަހުއެވެ. އެދުވަހު ފުލުހުން ކޮށްފައިވާ އިއުލާނެއްގައި ވަނީ، 2020 އޮކްޓޯބަރ3 ވަނަ ދުވަހުގެ10:00 އަށް ތިމރަފުށީ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށްް ހަސަން ނިޒާރުއަށް އަންގާކަމަށެވެ.

އެފަހަރުވެސް ފުލުހުން ބުނެފައި ވަނީ ތަހުގީގަށް ހަސަން ނިޒާރު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް