ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ސާރާ އަލީ ހާން، ހީނާ އަލީ ހާން އަަދި ހުމާ ގުރައިޝީ ރަމަޟާން މަހުގެ ތަހުނިޔާ ސަޕޯޓަރުންނަށް ފޮނުވައިފި އެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ތިން ތަރިން ރޯދަ މަހުގެ ތަހުނިޔާ ފޮނުވީ ތަފާތު ގޮތްތަކަކަށެވެ. ތިން ތަރިން ރޯދައަށް މަރުހަބާ ކިޔާ ކޮށްފައިވާ ޕޯސްޓުތަކަށް ގިނަ ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ.
ބޮލީވުޑް އަދި ޑްރާމާ އިންޑަސްޓްރީގައި އެންމެ މީހުންގެ ސަމާލުކަން ހޯދުމަށް މޮޅު ހީނާ ރަމަޟާން މަހުގެ ތަހުނިޔާ ކީ ކަދުރު ތައްޓެއް ހިފައިގެން ހުރެގެންނެވެ. ވަރަށް ނިވާކަން ބޮޑު ގޮއް ރީނދޫ ކުލައިގެ ހެދުމެއް ލައިގެން ހުރެ ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށް ރަމަޟާން މުބާރަކް ކިޔުމުން ފަސް ލައްކައަށްވުރެ ގިނަ މީހުން އެ ޕޯސްޓަށް ލައިކްދީ އޭނާއަށްވެސް ރޯދަ މުބާރިކް ކިޔާފަވެ އެވެ.
https://www.instagram.com/p/CNoDm8TrKs6/?utm_source=ig_embed
ސާރާ އަލީ ހާން ކޮށްފައިވާ އިންސްޓަގްރާމް ޕޯސްޓުގައި ފެންނަނީ ކަޝްމީރުގެ ސަރަހައްދަކަށް ފަތިސް ވަގުތެވެ. އެ ވީޑިއޯއިން ބަންގީގެ އަޑުވެސް އެވެ އެވެ. ހުމާ ގުރައިޝީ ރޯދަ ތަހުނިޔާ ފޮނުވާފައިވަނީ އޭނާގެ ރީތި ފޮޓޯއަކާއި އެކު އެވެ.
އެ ޕޯސްޓުގައި ހުމާ ވަނީ ރޯދަ ހިފައި، އެކަކު އަނެކަކު ދެެކެ ވާ ލޯބި އިތުރުން މައާފު ކުރުން އިސްކުރުމަށް އެދިފަ އެވެ.
https://www.instagram.com/p/CNnAywADECd/?utm_source=ig_embed
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް