އީސީ މިހާރު އޮތީ އެމްޑީޕީގެ އުނގުގައި ނަށަން: ޖަމީލް

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނަޒާހަތްތެރިކަން ގެއްލިފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ. ޑރ. ޖަމީލު މިހެން ވިދާޅުވެފައިވަނީ އެއްވެސް ސިޔާސީ ނުފޫޒަކަށް ތަބާ ނުވާ...

14 Apr 2021 | 06:31

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނަޒާހަތްތެރިކަން ގެއްލިފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވެފައިވަނީ އެއްވެސް ސިޔާސީ ނުފޫޒަކަށް ތަބާ ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ޑރ. ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް ސިޔާސީ ނުފޫޒު އޮތްކަން އެ ކޮމިޝަންގެ އަމަލުތަކުން ސާބިތު ކަމަށެވެ. އެގޮތުން އެމްޑީޕީން ބޭނުންވުމުން އިންތިހާބުގެ ތާރީހު ބަދަަލުކޮށް ވޯޓް ފޮށިތައް އަލުން ގުނުމުގެ މަސައްކަތް ކުރެވޭ ކަމަށް ޖަމީލު ވިދާޅުވިއެވެ.

"އީސީ އާއި އެޗްޕީއޭގެ ނަޒާހާތްތެރިކަން ގެއްލި، މިހާރު ތިބީ އެމްޑީޕީގެ އުނގުގައި ނަށަން. މިއަދުވެސް މިކަށަވަރުވަނީ އެކަން" ޖަމީލު ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ކެންޑިޑޭޓަކަށް ހައްގުވާ އެންމެ ވޯޓެއް ވެސް އެ ވޯޓެއް ލިބެންވީ ކެންޑިޑޭޓަކަށް ލިބުމަށްޓަކާ ކުރަންޖެހޭ މަސައްކަތް ނޫން މަސައްކަތެއް އީސީގެ ތެރޭގައި ނުކުރާނެ ކަމަށެވެ.

"ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީގައި މިކުރާ މަސައްކަތަކީ ދުނިޔެއިން ބަލައިގަންނަ ފެންވަރުގެ މަސައްކަތެއް. އެކަން ވޭތުވެދިޔަ އިންތިހާބުތަކުގައި ދުނިޔޭގެ އެކި ޖަމިއްޔާތަކުން ނެރެފައި ހުރި ރިޕޯޓުތަކުން އެނގިގެންދާނެ" ހަބީބު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް