ކަންކަން ހައްލު ނުވަނީސް މަޑުން ނުހުންނާނަން: ޑރ. މުއިއްޒު

ވެރިރަށް މާލޭ ސިޓީ އަށް ދިމާވެފައިވާ މައްސަލަތައް ހައްލު ނުވާހާ ހިނދަކު މަޑުން ނުހުންނަވާނެ ކަމަށް މާލޭގެ ފުރަތަމަ އިންތިޚާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރޭ ޓީވީއަކުން ގެނެސްދިން ...

14 Apr 2021 | 06:24

ވެރިރަށް މާލޭ ސިޓީ އަށް ދިމާވެފައިވާ މައްސަލަތައް ހައްލު ނުވާހާ ހިނދަކު މަޑުން ނުހުންނަވާނެ ކަމަށް މާލޭގެ ފުރަތަމަ އިންތިޚާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ޓީވީއަކުން ގެނެސްދިން ޕްރޮގްރާމެއްގައި ޑރ. މުއިއްޒު ވިދާޅުވީ މާލޭ މޭޔަރުކަމުގެ މަގާމަށް ނިކުންނެވީ ވަރަށް ބާރުމިނުގައި މާލޭގެ ރައްޔިތުންގެ ކަންކަން ހައްލުކުރުމަށް ކަމަށާއި އެކަންކަން ހައްލުކުރުމަށް ސަރުކާރުގެ އެއްބާރުލުން ވެސް ބޭނުންވާ ކަމަށެވެ.

"އަޅުގަނޑެއް ނުހުންނާނެ މަޑަކުންނެއް. ބާރުމިނުގައި ދާން ބޭނުންވާނެ، އެހެންވީމަ ރައީސުލްޖުމްހޫރިއްޔާގެ އެއްބާރުުލުން އެއަށް ދެއްވައިފިއްޔާ ވަރަށް ބާރުމިނުގައި ކުރިއަށްދާނެ" ޑރ. މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭނާ މަގާމަށް އިންތިޚާބުވި ރޭ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ފޯނުން ގުޅުއްވައި އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި ކަމަށެެވެ. އަދި އުއްމީދަކީ އަމަލީ ގޮތުން އެކަން ދެއްކެވުން ކަމަށާއި ރައީސް އެއްބާރުލުން ދެއްވާނަމަ މާލޭގެ ރައްޔިތުންނަށް ކޮށްދޭން ވިސްނާ ކަންކަމުން ނަތީޖާ ނެރޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ޑރ. މުއިއްޒު އިންތިހާބުވީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އަނަސް އަބްދުއްސައްތާރާއި، އަމިއްލަ ގޮތުން ވާދަކުރެއްވި އެމްދީ÷ިޣެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ އާއި ވާދަކޮށެވެ.

މުއިއްޒު ވަނީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ހޯދައިދެއްވާނެ ކަމަށާއި އެގޮތުން އާ ކައުންސިލަކީ ނަތީޖާ ނެރޭނެ ކައުންސިލެއް ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް