ރަސްމީ ދަތުރުފުޅެއްގައި އަނެއްކާވެސް ޝާހިދު އިންޑިއާއަށް ވަޑައިގެންނަވަނީ

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މާދަމާ އިންޑިއާއަށް ވަޑައިގެންނެވާނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ. މިދިޔަ މަހުވެސް ޝާހިދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެން...

14 Apr 2021 | 06:06

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މާދަމާ އިންޑިއާއަށް ވަޑައިގެންނެވާނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

މިދިޔަ މަހުވެސް ޝާހިދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފަ ވެއެވެ. މިދިޔަ މަހު އިންޑިއާއަށް ވަޑައިގެންނެވީ 2017 ވަނަ އަހަރުން ފެށިގެން ދެކުނު އިންޑިއާގެ ހިސާބުތަކުން އިގްތިސާދީ އަދި އިޖްތިމާޢީ ގޮތުން އިންޑިއާއަށް ގެނެސްދެވޭނެ ތަރައްގީ އާއި ކުރިއެރުމާ ބެހޭގޮތުން ބޭއްވޭ “އިންޑިއާ ޓުޑޭ ކޮންކްލޭވް-ސައުތު”ގައި ބައިވެރިވެވަޑައިގަތުމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ މިފަހަރުގެ ދަތުރަކީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫޢުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޝާހިދުގެ މިދަތުރުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރް އާއި ބައްދަލުކުރައްވައި ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިދަތުރު ކުރެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15-16 އަށް ކަަމަށެވެ.

އިންޑިއާއިން ރާއްޖޭގައި އުމްރާނީ ގޮތުން ގިނަ މަޝްރޫއުތަކެއް ދަނީ ކުރިޔަށް ގެންދަމުންނެވެ. އޭގެ ތެރޭގައި ތިލަމާލެ ބްރިޖާއި، އައްޑޫ ސިޓީގެ މަގުތައް ތަރައްގީ ކުރުމާއި، ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ ބައެއް ޕްރޮޖެކްޓުތައް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް