ދުވަހުގެ ޑިޝް: ބޭކްޑް ޗީޒް ކޭކް

ބޭނުންވާނެ ތަކެތި 90 ގ. ބަޓަރު 4 / 3 ޖޯޑު ކެސްޓަރ ޝުގަރ 1 ލުނބޯގެތޮށި ( ގާނާފައި) 1 ލުނބޯގެހުތް 300 ގ. ކޮޓެޑް ޗީޒް 2 މޭޒުމަތީ ސަމުސާ ސެމޯލިނާ 2 /1 ޖޯޑު އާމަންޑްސް 3 / 1 ޖޯޑު ހިކިމޭބިސްކަދުރު 2 ބިސް ހަ...

14 Apr 2021 | 05:45

ބޭނުންވާނެ ތަކެތި

90 ގ. ބަޓަރު

4 / 3 ޖޯޑު ކެސްޓަރ ޝުގަރ

1 ލުނބޯގެތޮށި ( ގާނާފައި)

1 ލުނބޯގެހުތް

300 ގ. ކޮޓެޑް ޗީޒް

2 މޭޒުމަތީ ސަމުސާ ސެމޯލިނާ

2 /1 ޖޯޑު އާމަންޑްސް

3 / 1 ޖޯޑު ހިކިމޭބިސްކަދުރު

2 ބިސް

ހައްދަވާނެގޮތް

ބަޓަރު އޮމާންވަންދެން ގިރާލާފައި ހަކުރާއި ލުނބޯތޮށި ބަޓަރާއި އެކީ ރަނގަޅަށް މިކްސްކޮށް ލާށެވެ. ދެން ޗީޒްކޮޅާއި ބިހުގެ ގޮބޮޅި އެއްކޮށްފައި މިކްސްކޮށްލާށެވެ. ބާކީހުރި ތަކެއްޗާއި ގިރާފައިހުރި ބައި ތައް ރަނގަޅަށް އެއްކޮށްފައި ޓްރޭގައި ބަޓަރުހާކާލާފައި ފުށްގަނޑު ޓްރޭ އަށް އެޅުމަށްފަހު އަވަނުން ފިހެލާށެވެ. ކޭކް ހިހޫވުމުން އައިސިންޝުގަރ ކޮޅެއް ފުރާނާލާފައި ކޭކް މައްޗަށް ބުރުވާލާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް