ހުއްޓާނުލައި އެންމެ ގިނަ އިރު ފޮތް ކިޔުމުގެ ދުނިޔޭގެ ރެކޯޑު އިންޑިއާ ނަސްލުގެ އެމެރިކާ ކުއްޖަކު ހޯދައިފި އެވެ.
އުމުރުން ހަތަރު އަހަރުގެ ކިއަރާ ކޯ ދިރިއުޅެނީ އާއިލާ އާއި އެކު ޔުނައިޓެޑް އަރަބް އެމިރޭޓްސްގަ އެވެ. އެ ކުއްޖާ ވަނީ އެއް ގަޑިއިރާއި 45 މިނިޓް ތެރޭގައި 36 ފޮތް ކިޔާފައި އެވެ.
ފޮތް ކިޔުމަށް ޝައުގުވެރިކަން ހުންނަ ކިއަރާ ރެކޯޑު ފޮތުން ޖާގަ ހޯދުމަށް ކީ ފޮތްތަކުގެ ތެރޭގައި ތަފާތު ފެއަރީ ޓޭލްސް ތަކާއި ކުޑަކުދިންނަށް ހާއްސަކޮށް ލިޔެފައި ހުރި ފޮތްތައް ހިމެނެ އެވެ. މީގެ ތެރެއިން ބައެއް ފޮތްތަކަކީ އޭނާގެ އުމުރަށް ވުރެ ދެ ގުނަ ބޮޑެތި ކުދިން ކިޔަން ތައްޔާރު ކޮށްފައި ހުރި ފޮތް ކަމަށް ކުއްޖާގެ މަންމަ ޑރ. ލިޓްލް މެހެންދުރަ ބުނެފަ ވެއެވެ.
ކިއަރާގެ ރެކޯޑް މިހާރު ވަނީ "ވޯލްޑް ބުކް އޮފް ރެކޯޑްސް" އަދި "އޭޝިއާ ބުކް އޮފް ރެކޯޑްސް" އިން ބަލައިގެންފަ އެވެ.
ކިއާރާ މިހާތަނަށް 200 އަށް ވުރެ ގިނަ ފޮތް ކިޔާފައިވާ ކަމަށްވެ އެވެ.
ކިއަރާ އަކީ ފޮތް ކިޔުމުގެ އިތުރުން ކުޅިވަރު ކުޅުމަށްވެސް ވަރަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް