މަލައިކާ އަތުގަ އަޅާފައިވާ އަނގޮޓި ދައްކާލުން، އަރްޖުންއާ އެންގޭޖް ވީ!

ބޮލީވުޑްގައި ވަރަށް ތަފާތު ދެ ލޯބިވެރިން އުޅެ އެވެ. އެއީ މަލައިކާ އަރޯރާ އާއި އަރުޖުން ކަޕޫރެވެ. ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އެތައް އަހަރެއްވެފައިވާއިރު ދެ މީހުން ބްރޭކްއަޕްވި ވާހަކަ މިހާތ...

14 Apr 2021 | 03:55

ބޮލީވުޑްގައި ވަރަށް ތަފާތު ދެ ލޯބިވެރިން އުޅެ އެވެ.

އެއީ މަލައިކާ އަރޯރާ އާއި އަރުޖުން ކަޕޫރެވެ. ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އެތައް އަހަރެއްވެފައިވާއިރު ދެ މީހުން ބްރޭކްއަޕްވި ވާހަކަ މިހާތަނަށް އިވިފައެއް ނުވެ އެވެ.

އަދި ގުޅުން ކައިވެންޏާއި ހިސާބަށް ނުވަތަ އެންގޭޖްވި ވާހަކައެއްވެސް ނީވެއެވެ. މިހެން ތިއްބަ ކުއްލިއަކަށް މަލައިކާ ރަސްމީ އިންސްޓަގްރާމް ޕޭޖަށް ލީ ފޮޓޯއަކުން އެންމެން ހައިރާން ކޮށްލައިފި އެވެ.

ރީތި ބޮޑު އަނގޮޓިއެއް އަތުގައި އަޅާފައިވާތަން ފެންނަގޮތަށް އޭނާ ނަގާފައިވާ އެ ފޮޓޯ ޕޯސްޓު ކުރުމަށްފަހު ލިޔެފައިވާ އެއްޗެއް ކިޔުމެއް ނެތި އެންމެން ހީކުރީ އޭނާ ލޯބިވެރިޔާ އަރުޖުންއާ އެންގޭޖް ވީކަމަށެވެ. ބައެއް މީހުން ވަގުތުން މަރުހަބާ ކިޔައި ކޮމެންޓް ޕޯސްޓު ކުރި އެވެ.

އެކަމަކު އެ ޕޯސްޓުގައި ބުނެފައިވަނީ އެންގޭޖްވާން ބޭނުންވާ މީހުން އެމީހުންގެ ލޯބިވެރިންނަށްދޭން އޯނާޒް ކިޔާ ކުންފުންޏަކުން ތައްޔާރު ކުރާ އަނގޮޓިއަކީ އެންމެ ރަނގަޅު އުފެއްދުންތައް ކަމަށެވެ. އަދި އެމީހުން ކަސްޓަމައިޒްކޮށްވެސް އަނގޮޓިތައްޔާރު ކޮށްދޭކަމަށް ބުނެ މަލައިކާ އިޝްތާރު ކޮށްދީފައިވެ އެވެ.

12.6 މިލިއަން ފޮލޯވަރުން ތިބި މަލައިކާގެ އިންސްޓަގްރާމުން ފެނުނު ފޮޓޯއިން އޭނާ އެންގޭޖުވީ ކަމަށް ހީކުރި މީހުންނަށް އެ ލިޔުމުން ޖަވާބު ލިބުނީ އެވެ. މަލައިކާ އާއި އަރްޖުން އެންގޭޖުވީކީ ނޫނެވެ. އެއީ ބަޔަކަށް ކޮށްދިން އިޝްތިހާރެކެވެ.

https://www.instagram.com/p/CNmzZA3BSu_/?utm_source=ig_embed

މަލައިކާ އާއި އަރުޖުން 2018 ވަނަ އަހަރު ލޯބީގެ ގޮތުން ގުޅުނު އިރު އޭގެ ކުރިން މަލައިކާ ކައިވެނިކޮށްގެން އުޅުނީ ސަލްމާން ހާންގެ ކޮއްކޮ އަދި ފިލްމު އުފެއްދުންތެރިޔާ އަރްބާޒް ހާން އާއި އެވެ. އެ ދެމީހުން 19 އަހަރުވީ ކައިވެނި 2017 ވަނަ އަހަރު ނިމުމަކަށް ގެނައި އިރު 17 އަހަރުގެ ފިރިހެން ކުއްޖަކު އެބަހުއްޓެވެ.

މިފަހަކުން މަލައިކާ ގިނައިން ފެންނަނީ ރިއަލިޓީ ޝޯތަކުގެ ފަނޑިޔާރެއްގެ ގޮތުގައި އެވެ. އެންމެ ފަހުން އޭނާ ފަނޑިޔާރުކަން ކޮށްފައިވަނީ "އިންޑިއާސް ބެސްޓް ޑާންސާ" ގައިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް