އައިޖީއެމްއެޗުގެ ސިއްހީ ހިދުމަތްތެރިންގެ ހިތްހަމަ ނުޖެހުން ސަރުކާރަށް!

ކޯވިޑް-19 އާއި ގުޅިގެން ގައުމު ނާޒުކު ދަނޑިވަޅެއްގައި ވަނިކޮށް އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހަޅައިގެން މަސައްކަތް ކުރަމުންދާ ސިއްހީ ހިދުމަތްތެރިންގެ މުސާރަ އާއި އިނާޔަތްތަކާއި މެދު ނިންމާފައިވާ ނި...

14 Apr 2020 | 09:44

ކޯވިޑް-19 އާއި ގުޅިގެން ގައުމު ނާޒުކު ދަނޑިވަޅެއްގައި ވަނިކޮށް އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހަޅައިގެން މަސައްކަތް ކުރަމުންދާ ސިއްހީ ހިދުމަތްތެރިންގެ މުސާރަ އާއި އިނާޔަތްތަކާއި މެދު ނިންމާފައިވާ ނިންމުތަކާއި ގުޅިގެން ހިތްހަމަ ނުޖެހުން ފާޅު ކުރަން ފަށައިފި އެވެ.

މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަންއިން ސޯޝަލް މީޑިއާގައި ބުނެފައިވަނީ ބޭނުންވަނީ ރައްކާތެރި އަދި އުޅެވޭވަރުގެ ދިރިއުޅުމެއް ކަމަށެވެ. މިފަދަ ދަނޑިވަޅެއްގައި މުވައްޒަފުންގެ މުސާރަ އާއި އިނާތަތްތަކުން އެއްވެސް މިންވަރެއް އުނި ކުރުމާއި ދެކޮޅު ކަމަށެވެ.

އެ ޔޫނިއަންއިން ވަނީ މި ވޭތުވެ ދިޔަ މަހެއް ހާ ދުވަހު ޑިއުޓީ ގަޑި ނިންމުމަށް ފަހު51 ގަޑި އިރާއި16 ގަޑިއިރާ ދެމެދު އިތުރު ގަޑީގައި މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްފައި އެވެ.

އެ ޖަމިއްޔާގެ މެންބަރުން ކަމަށްވާ ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ބުނީ ދުވާލު ތިން ފަހަރު ޝުކުރު އަދާ ކުރުމަކުން ނުނިމޭ ކަމަށާއި ބޭނުންވަނީ އެވަރު އެކަނި ނޫން ކަމަށެވެ. މި ޔޫނިއަންގައި ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގެ ގިނަ އަދަދެއްގެ ފަންނީ މުވައްޒަފުން ހިމެނެ އެވެ.

https://twitter.com/MaldivesHPU/status/1247561079586033665

"އަޅުގަނޑުމެން، ސިއްހީ ޙިދުމަތްތެރިން ބޭނުންވަނީ ތިން އިރު "ޝުކުރު" ދެންނެވުމެއްނޫން. ރައްކާތެރި އަދި އުޅެވޭވަރުގެ ދިރިއުޅުމެއް.އެއްވެސް މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތްތަކުން އެއްވެސް މިންވަރެއް އުުނިކުރުމާ އަހަރެން ދެކޮޅު"

މިއީ މިއަދު ގިނަ އަދަދެއްގެ ސިއްހީ ހިދުމަތްތެރިން ސޯޝަލް މީޑީއާގައި ހިއްސާ ކުރި ވާހަކަތަކެކެވެ.

https://twitter.com/miimrr/status/1249960724215894016

https://twitter.com/lubna_khaleel/status/1249973579287891968

ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ މި ޕޯސްޓުތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ޓެގް ކޮށްފައިވެ އެވެ. މި ޕޯސްޓުތައް ކުރި ސިއްހީ ދާއިރާގެ މީހުންގެ ތެރޭގައި ލެބޯޓަރީ ޓެކްނޮލޮޖިސްޓުންނާއި ނަރުހުން ހިމެނެ އެވެ.

ކޯވިޑް-19 އާއި ގުޅިގެން ދިގު މުއްދަތަކަށް ސަރުކާރު ބަންދު ކުރަމުންދާއިރު ކުއްލިއަކަށް މުސާރައާއި އިނާޔަތްތައް ދިނުމުގައި އަމަލު ކުރަން ފެށިގޮތުން ސަރުކާރުގެ މައި ހޮސްޕިޓަލްގެ މުވައްޒަފުން ތިބީ ހިތްހަމަ ނުޖެހިފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައިޖީއެމްއެޗުގައި މިހާތަނަށް މުވަޒަފުން އަމަލުކުރުމަށް އޮންނަ އުސޫލްގެ ދަށުން ރަސްމީ ބަންދު ދުވަސްތަކަކީ "އެކްސްޓްރާ" ދުވަހެއް ގޮތުގައި ބަލައި، އެ ދުވަހުގެ މުޅި ޑިއުޓީ އަކީ އޯވާ ޓައިމް ގޮތުގައި އަންނަނީ ބަލަމުންނެވެ. އެކަމަކު މީގެ ދެ ދުވަސްކުރިން، ކުއްލި ގޮތަކަށް މި އުސޫލަށް ބަދަލު ގެނެސް އެ ހޮސްޕިޓަލްގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓް އިން މިވަނީ މެމޯއެއް ނެރެފައެވެ.

https://twitter.com/MaldivianNurses/status/1249678609024864256

އެ މެމޯގައި ބުނެފައިވާ ގޮތުން ކޯވިޑް-19 އާއި ގުޅިގެން މާޗް 19 އިން ފެށިގެން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި ވީނަމަވެސް، ނަރުހުންނަށް މުސާރަ ދިނުމަށް ނިންމާފައިވަނީ ރަސްމީ ދުވަސް ދުވަހުވެސް އަމަލުކުރާ ފަދައިން އެމުވަޒަފެއްގެ ޑިއުޓީ ގަޑީގެ މަސައްކަތް ކޮށްފައިވާ ގަޑިތަކަށްކަމުގައި އެ މެމޯގައިވެއެވެ. އެއީ ދުވާލަކު އަށް ގަޑިއިރަށްވުރެން އިތުރަށް މަސައްކަތްކޮށްފައިވާ ވަގުތުތަކަށް އަދި އެހެނިހެން މުވަޒަފުންނަށް ދުވާލަކު ހަ ގަޑިރަށްވުރެން އިތުރަށް މަސައްކަތްކުރާ ނަމަ އެވަގުތަށް އިތުރުގަޑި ދޭގޮތަށެވެ.

މި ގެނެވުނު ބަދަލާއެކު ސިއްހީ ހިދުމަތްތެރިންގެ ތެރޭގައި ހިމެނޭ ނަރުހުން، ޑޮކްޓަރުން، ލެބް ޓެކްނީޝަނުންގެ އިތުރުން އިދާރީ މުވަޒަފުންނަށްގެ މުސާރަ ކުޑަވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް