ތަރާވީސް ނަމާދު ގޭގައި ކުރާގޮތަށް ސައުދީން ހަމަޖައްސައިފި

ކޯވިޑް-19 އާއި ގުޅިގެން ޖަމާއަތުގައި ނަމާދު ކުރުން ހުއްޓައިލެވިފައި ވަނިކޮށް ސައުދީ ސަރުކާރުން ވަނީ ރޯދަމަހުގެ ތަރާވީސް ނަމާދު ގޭގައި ކުރުމަށް އެދިފައެވެ. ކޯވިޑް-19 އިން ރައްކާތެރިވުމަށް ސައުދީގެ މިސް...

14 Apr 2020 | 09:22

ކޯވިޑް-19 އާއި ގުޅިގެން ޖަމާއަތުގައި ނަމާދު ކުރުން ހުއްޓައިލެވިފައި ވަނިކޮށް ސައުދީ ސަރުކާރުން ވަނީ ރޯދަމަހުގެ ތަރާވީސް ނަމާދު ގޭގައި ކުރުމަށް އެދިފައެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ސައުދީގެ މިސްކިތްތަކުގައި ނަމާދުކުރުން ހުއްޓާލެވިފައިވުމާއެކު، މީހުންގެ ސިއްހަތާއި މެދު ވިސްނާ ރޯދަމަހުގެ ތަރާވީހު ނަމާދުވެސް ގޭގައި ކުރުމަށް ސައުދީ އިސްލާމިކް އެފެއާސް ގެ މިނިސްޓަރު ޝެއިހް ޑރ. އަބްދުލް ލަތީފް ބިން އަބްދުލް އަޒީޒް ވަނީ ވިދާޅުވެފައެވެ.

އަބްދުލް އަޒީޒް ވިދާޅުވެފައިވަނީ ޖަމާއަތުގައި ފަރުޟު ފަސް ނަމާދު ކުރުން މާ މުހިންމު ކަމަށާއި، މީހުންގެ ސަލާމަތައް ވިސްނާ މި ބަލިމަޑުކަމުން އަރައިގަނެވެންދެން ގޭގައި ހުރިހާ ނަމާދެއްކުރުން ބުއްދިވެރިކަމަށެވެ. މީގެ އިތުރުން، މި ބަލިމަޑުކަމުން އަވަހަށް އަރައިގަނެވޭނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ކޯވިޑް19 ރާއްޖެއަށްވެސް ފޯރާފައިވާއިރު، ޖަމާއަތުގައި ނަމާދު ކުރުން ރާއްޖޭގައި ވެސް ވަނީ ވަގުތީ ގޮތުން މެދު ކަނޑާލާފައެވެ. އަދި ރޯދަމަސް ކައިރިވަމުން ދާއިރުގައި، ރާއްޖޭގައި ތަރާވީހު ނަމާދު ކުރިއަށް ގެންދާނެ ގޮތަކާއި މެދުގައި ގިނަ ބައެއްގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް