ސަރުކާރު ބަންދުގަ ހައިކޯޓުން އިސްތިއުނާ މުއްދަތު ނުހިނގާ ގޮތަށް ނިންމައިފި

ކޯވިޑް-19 އާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި އިސްތިއުނާފު މުއްދަތު ނުހިނގާ ގޮތަށް ހައި ކޯޓުން ހަމަޖައްސައިފި އެވެ. އެކޯޓުން ކުރިން ހަމަޖައްސާފައި އޮތީ ސަރުކާރު އޮފީސްތައް ބަންދު ކުރުމުން އީމ...

14 Apr 2020 | 08:45

ކޯވިޑް-19 އާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި އިސްތިއުނާފު މުއްދަތު ނުހިނގާ ގޮތަށް ހައި ކޯޓުން ހަމަޖައްސައިފި އެވެ.

އެކޯޓުން ކުރިން ހަމަޖައްސާފައި އޮތީ ސަރުކާރު އޮފީސްތައް ބަންދު ކުރުމުން އީމެއިލް މެދުވެރިކޮށް މައްސަލަ ހުށަހެޅޭ ގޮތަށެވެ. ހައި ކޯޓުގެ ކުރީގެ އުސޫލުގައި އޮތްގޮތުން ސަރުކާރު ބަންދު ކޮށްފައިވާ ދުވަސްތަކުގައި އިސްތިއުނާފް މުއްދަތު ހިިނގަމުންދާނެ އެވެ.

އިސްތިއުނާފު މުއްދަތު ނުހިނގާ ގޮތަށް ހަމަޖެއްސީ ސުޕްރީމް ކޯޓުންވެސް އެފަދަ އުސޫލަކަށް އަމަލު ކުރަން ފެށުމުންނެވެ.

އަލަށް ހައިކޯޓުން ހަމަޖެއްސި އުސޫލުގެ ދަށުން އީމެއިލް މެދުވެރިކޮށް ހުށަހަޅައި ބަލާނީ ކޮންމެހެން ކުރިޔަށް ގެންދަން ޖެހޭ މުހިންމު މައްސަލަތަކެވެ. އަދި އިސްތިއުނާފު މުއްދަތު ނުހިނގާގޮތަށް ހަމަޖައްސާފައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮފީސްތައް ބަންދު ކޮށްފައި އޮތުމުން ކޯޓުތައް ބަންދުކުރިޔަސް، ކޮންމެހެން ކުރިއަށް ގެންދަންޖެހޭ މައްސަލަތަކާއި ބަންދާ މެދު ގޮތެއް ނިންމުން ފަދަ މަސައްކަތްތައް އަދިވެސް ކުރިއަށް ގެންދެ އެވެ.

ކޯވިޑް-19 އާންމުންގެ މެދުގައި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުގައި ސަރުކާރު އޮފީސްތައް ބަންދު ކުރަމުންދަނީ ހަފްތާއަކުން ހަފްތާއަކަށެވެ. އެގޮތުން ސަރުކާރު ބަންދުކޮށްފައި އޮންނަތާ މިއީ ހަތަރު ވަނަ ހަފްތާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް