ގޭސް ސިލިންޑަރުތަށް ރަނގަޅަށް އަދި ރައްކާތެރިކޮށް ގުޅާނެ ގޮތް މޯލްޑިވް ގޭހުން ކިޔައިދީފި އެވެ.
ގޭސްފުޅި ބަދަލު ކުރުމަށްޓަކައި އަމިއްލަ އަށް ރެގިއުލޭޓަރު ނައްޓާލުމަށްފަހު އަލުން ގުޅާނެ ގޮތް ބުނެދީފައިވަނީ އިންސްޓަގްރާމް، ޓްވިޓާ އަދި ފޭސްބުކް ޕޭޖުތަކުގައި ވީޑިއޯއެއް މެދުވެރިކޮށެވެ.
މިއީ ކޯވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި އާންމުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ރަނގަޅު ގޮތުގައި އަމިއްލަ އަށް ގޭގައި ގޭސް ސިލިންޑަރު ބަހައްޓާ، ގުޅޭނެ ގޮތް ކިޔައިދިނުމުގެ ގޮތުން މޯލްޑިވް ގޭހުން ދިން މައުލޫމާތެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.
https://twitter.com/maldivegas/status/1249946249681203200
މީގެ އިތުރުން، ކޯވިޑް-19 އާއި ގުޅިގެން މޯލްޑިވް ގޭހުންވަނީ ގޭސް ހުސް ވެއްޖެނަމަ މެސެއްޖެއް ކޮށްގެން 'ޓެކްސްޓް އެންޑް އޯޑާ' ގެ ނަމުގައި ފަސޭހައިން ގޭސް އޯޑަރު ކުރެވޭނެ ގޮތް ހުޅުވާލާފައެވެ. އަދި އިތުރު އެހީއެއް ބޭނުންވާނަމަ 'ހެލްޕް' ޖެއްސުމަށްފަހު މެސެޖެއް ކޮށްލުމުން އެހީތެރިކަން އިތުރަށް ފޯރުކޮށްދޭނެ ކަމަށްވެސް މޯލްޑިވްސް ގޭހުންވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް