އެސްޓީއޯއިން ރާއްޖެ އެތެރެކޮށް ވިއްކާ ބިހާއި ފިޔާގެ އަގު އިތުރަށް ހެޔޮކޮށްފި އެވެ.
އެސްޓީއޯއިން ވިއްކާ ފިޔާ، ބިސް އަދި އަލުވީގެ އަގު އެންމެ ފަހުން ހެޔޮ ކުރީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ. މިއަދު އިތުރަށް އަގުހެޔޮ ކުރި މި ތިން ބާވަތުގެ ތެރޭގައި އަލުވި ނުހިމެނެ އެވެ.
އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން ބިސް ކޭހެއް ވިއްކާނީ260 ރުފިޔާއަށް ކަމަށެވެ. ކުރިން ބިސްކޭހެއް ވިއްކީ290 ރުފިޔާ އަށެވެ. ވަކިން ބިސް ވިއްކާ އަގަށް ބަދަލު ގެނެސްފައެއް ނުވެ އެވެ.
މިއަދުން ފެށިގެން ފިޔާ ކިލޯއެއް ވިއްކަން ހަމަޖައްސާފައިވަނީ11 ރުފިޔާ އަށެވެ. މިހާތަނަށް ފިޔާ ކިލޯއެއް ވިއްކީ15 ރުފިޔާ އަށެވެ. އަދި ފިޔާ ބަސްތާއެއްގެ އަގު ވަނީ325 ރުފިޔާއިން255 ރުފިޔާއަށް ތިރިކޮށްފައި އެވެ.
އަލުވި ވިއްކަން ހަމަޖައްސާފައިވަނީ ކުރިންވެސް ވިއްކި އަގުގައި އެވެ. އެއީ އަލުވި ކިލޯއެއް12 ރުފިޔާއަށް އަދި އަލުވި ބަސްތާއެއް250 ރުފިޔާ އަށެވެ.
https://twitter.com/stoplc/status/1249956250260893696
ކޯވިޑް-19 އާއި ގުޅިގެން ބާޒާރުގައި ތަކެތީގެ އަގަށް ބަދަލު އަންނަން ފެށުމުން ސަރުކާރުން ވަނީ އާންމުކޮށް ބޭނުން ކުރާ ބައެއް ބާވަތްތަކުގެ އަގު ކޮންޓްރޯލްކޮށްފައި އެވެ. އަދި އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާ އެންމެ މަތީ އަގަށްވުރެ ބޮޑުކޮށް ވިއްކާ ނަމަ އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރަން ވަނީ ނިންމާފައި އެވެ.
އަގު ކޮންޓްރޯލް ކުރި ބާވަތްތަކުގެ ތެރޭގައި އަލުވި، ބިސް އަދި ފިޔާ ހިމެނެ އެވެ. މި ބާވަތްތަކުގެ ތެރެއިން ފިޔާ އަދި އަލުވި ކިލޯއެއް އެންމެ އަގު ބޮޑުކޮށް ވިއްކޭނީ 20 ރުފިޔާ އަށެވެ. އަދި ބިހެއް 1.80 ރުފިޔާ އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް