މިއަހަރުގެ ހޫނު މޫސުމާ ދިމާކޮށް އަތޮޅު ތެރޭގެ ރަށްތަކަށް ފެން ބޭނުންވެގެން ރިޕޯޓު ކުރަން ފަށާފައިވާ ކަމަށް އެންވަޔަރަމަންޓު މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ މިހާތަނަށް 15 އަތޮޅަކުން 48 ރަށަކުން ފެން ބޭނުން ވެގެން އެ މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. އެ 15 އަތޮޅަކީ ހއ، ހދ. ށ، ނ، ރ، ބ، ޅ، އއ، އދ، ވ، މ، ދ، ތ، ލ އަދި ގދ. އަތޮޅެވެ.
އެންވަޔަރަމަންޓު މިނިސްޓްރީން ބުނީ މިހާތަނަށް ފެނަށް އެދުނު ރަށްތަކުގެ ތެރެއިން 27 ރަށަކަށް ފެން ފޯރުކޮށްދީފައިވާ ކަމަށެވެ. އިތުރު ރަށްތަކަށްވެސް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.
މިހާތަނަށް ފެނަށް ޖެހިފައިވާ ރަށްތަކަށް ވަނީ 1،529 ޓަނުގެ ފެން ފޯރުކޮށްދީފަ އެވެ.
ކޮންމެ އަހަރަކުވެސް ހޫނު މޫސުމާއި ދިމާކޮށް އަތޮޅު ތެރޭގެ ރަށްތަކުން ފެން ހުސްވުމަކީ ދިމާވާ ކަމެކެވެ. ރަށްރަށަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިން ޑިޒާސްޓާ މެނޭޖްމެންޓުން ކުރަމުން އައި ނަމަވެސް އެ މަސައްކަތް2017 ވަނަ އަހަރު ވަނީ އެންވަޔަރަމަންޓު މިނިސްޓްރީ އާއި ހަވާލުކޮށްފައި އެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާގޮތުގައި މިއަހަރު ފުރަތަމަ ހަތަރު މަހު މީގެ ކުރީ އަހަރުތަކާއި އަޅާބަލާއިރު ރާއްޖެއަށް ހޫނު ގަދަވާނެ އެވެ. އަދި މިއަހަރުގެ ވިއްސާރަ މޫސުން ފެށޭނެ ކަމަށް ލަފާކޮށްފައިވަނީ ޖޫން މަހުގެ ތެރޭގައި އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް