ކޮވިޑް-19: ވައިރަހަށް ޓެސްޓު ކުރެވޭ އިތުރު 6،000 ކިޓު ގެނެސްފި

ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ ކޭސްތައް ފެނުން އިތުރުވެފައިވާ މި ދަނޑިވަޅަށް ތައްޔާރުވުމުގެ ގޮތުން ވައިރަހަށް ޓެސްޓު ކުރެވޭ އިތުރު ކިޓުތަކެއް ރާއްޖެ ގެނެސްފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމ...

14 Mar 2020 | 18:57

ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ ކޭސްތައް ފެނުން އިތުރުވެފައިވާ މި ދަނޑިވަޅަށް ތައްޔާރުވުމުގެ ގޮތުން ވައިރަހަށް ޓެސްޓު ކުރެވޭ އިތުރު ކިޓުތަކެއް ރާއްޖެ ގެނެސްފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ޖުމްލަ 6،000 ޓެސްޓު ކިޓު އަލަށް ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އެއީ ދެ ވައްތަރެއްގެ ޓެސްޓު ކިޓުތަކެވެ.

އޭގެ ތެރެއިން5،000 ޓެސްޓު ކިޓަކީ ސްކްރީނިން ކިޓުތަކެކެވެ. އެ ކިޓުތަކުން ޓުސްޓު ކުރުމުން ކޮރޯނާ ވައިރަހުގެ އަލާމާތްތައް ހުރިކަން ޔަގީންވާނެ އެވެ.

އަނެއް1،000 ކިޓަކީ މިހާރު ފެތުރެމުން މިދާ ކޮރޯނާ ވައިރަސްއަށް ޕޮސިޓިވްތޯ ޔަގީން ކުރާ ކިޓުތަކެއް ކަމަށް މަބްރޫކު ވިދާޅުވި އެވެ.

މިހާރު ރާއްޖޭގައި ބޭނުން ކުރަމުންދަނީ ޑަބްލިއުއެޗްއޯއިން ހަދިޔާކުރި10 ޓެސްޓު ކިޓެވެ. އެ ކިޓުތަކުން1،000 ސާމްޕަލް ޓެސްޓު ކުރެވޭނެ އެވެ. މިހާތަނަށޤ ރާއްޖޭގައި ޓެސްޓުކޮށްފައިވަނީ126 ސާމްޕަލް އެވެ. އެއީ އިންޑިއާގައި ޓެސްޓު ކުރި މީހުންނާއި އެކު އެވެ.

މިހާރު ކޮރޯނާ ވައިރަސްގެ ޓެސްޓުގެ ނަތީޖާ ލިބެނީ މެޝިނަށް ސާމްޕަލް ލާތާ ހަ ގަޑިއިރާއި 12 ގަޑިއިރާއި ދެމެދުގައި އެވެ. މަބްރޫކް ރޭ ވިދާޅުވީ މަސައްކަތް ކުރަމުންދަނީ ޓެސްޓުގެ ނަތީޖާ އެއަށްވުރެވެސް އަވަހަށް ލިބޭނެ އިންތިޒާމެއް ހަމަޖައްސަން ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޮރޯނާ ވައިރަސްއަށް10 މީހަކު ވަނީ ޕޮސިޓިވްވެފައި އެވެ. ވައިރަސް ޖެހިފައިވާ މީހުން ފެތުރުނަ ނުދިނުމަށް އެޗްޕީއޭއިން ދަނީ ވައިރަހަށް ނެގެޓިވްވާ މީހުން ދެ ފަހަރު ޓެސްޓުކޮށްގެން ނަތީޖާ ދިމާވޭތޯވެސް ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް