ކޮވިޑް-19: އެމްޑަބްލިއުއެސްސީން ކޮންމެ ގެއަކަށް އެއް ޓަނުގެ ފެން ހިލޭ ދެނީ

ކޮރޯނާ ވައިރަސްއާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާތީ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީން ކޮންމެ ގޭ ބިސީއަކަށް ...

14 Mar 2020 | 16:56

ކޮރޯނާ ވައިރަސްއާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާތީ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީން ކޮންމެ ގޭ ބިސީއަކަށް އެއް ޓަނުގެ ފެން ހިލޭ ދޭން ނިންމައިފި އެވެ.

މިއީ ރާއްޖޭގައި ވައިރަސް ފެތުރެން ފެށިފަހުން އަދި ސިއްހީ ކުއްލި ނުރައްކާ އިއުލާނު ކުރިފަހުން ހިލޭ އެހީގެ ގޮތުގައި ރައްޔިތުންނަށް ރާއްޖޭގެ ބަޔަކު ދޭ ފުރަތަމަ އެހީއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަޒީޒް ވިދާޅުވީ މިހާލަތުގައި ކޮންމެ ގޭބިސީއަކަށް އެއް ޓަނުގެ ފެން ހިލޭ ފޯރުކޮށް ދިނުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލް އަދި ހާމައެއް ނުކުރެ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ30 ދުވަހުގެ މުއްދަތަށެވެ. ސަރުކާރުން ބުނީ މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށް ދިމާވެދާނެ އުނދަގުލާއި ދަތިތައް ހައްލުކޮށްދިނުމުގައި ސަރުކާރާއި ކުންފުނިތަކާއި ބޭރުގެ އެހީދޭ ގައުމުތަކާއި ޖަމިއްޔާ ތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން10 މީހަކު ކޮރޯނާ ވައިރަސްއަށް ޕޮސިޓިވްވެފައިވެ އެވެ. އެއީ ހުސް ބިދޭސީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް