ކޮވިޑް-19: ފުލުހުންގެ ބަންދުގައި ތިބި މީހުންގެ އާއިލީ ބައްދަލުވުންތަކަށް ބަދަލު ގެނެސްފި

ފުލުހުންގެ ބަންދުގައި ތިބި މީހުންނަށް ބާއްވާ އާއިލީ ބައްދަލުވުންތައް މެދުކަނޑާލައިފި އެވެ. ފުލުހުން ބުނީ މިގޮތަށް ނިންމީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައ...

14 Mar 2020 | 16:41

ފުލުހުންގެ ބަންދުގައި ތިބި މީހުންނަށް ބާއްވާ އާއިލީ ބައްދަލުވުންތައް މެދުކަނޑާލައިފި އެވެ.

ފުލުހުން ބުނީ މިގޮތަށް ނިންމީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާތީ ކަމަށެވެ. އަދި މިއީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ނިންމި ނިންމުމެއް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ހާލަތު ބަދަލުވަންދެން އާއިލީ ބައްދަލުވުންތަކުގެ ބަދަލުގައި ކޮންމެ 10 ދުވަހަކު 10 މިނެޓްގެ ފޯން ކޯލެއް ކޮންމެ މީހަކަށް ދެވޭނެ ކަމަށެވެ.

ވަކީލުންނާ ބައްދަލު ކުރަން 30 މިނެޓްގެ ފޯން ކޯލެއް ދެވޭނެ ކަމަށާއި އަދި ރޯގާގެ އަލާމާތްތައް ހުރެއްޖެ ނަމަ، ވަކީލުންނާ ބައްދަލު ނުކުރެވޭނެ ކަމަށް ފުލުހުން ބުންޏެވެ. އަދި ރޯގާގެ އަލާމާތެއް ނެތަސް، ބަންދު މީހުންނާ ބައްދަލު ނުކުރަން އެދޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ ބަންދުގައި ތިބި މީހުންނާ ބައްދަލު ކުރުމުގެ އުސޫލުތަކަށް ބަދަލު ގެނައިއިރު، ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ބަންދުގައި ތިބި މީހުންނާ ބައްދަލު ކުރުމުގެ އުސޫލުތަކަށް ވެސް ދާދިފަހުން ވަނީ ބަދަލު ގެނެސްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް