ކޯވިޑް-19: ތިން މަހުގެ ބޭސް އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފި

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ އަދި ރާއްޖެއިން މި ބަލި ފެނިފައިވާ ކޯވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން އިންޑިއާއިން ރާއްޖެއަށް ތިން މަހުގެ (5.5 ...

14 Mar 2020 | 13:53

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ އަދި ރާއްޖެއިން މި ބަލި ފެނިފައިވާ ކޯވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން އިންޑިއާއިން ރާއްޖެއަށް ތިން މަހުގެ (5.5 ޓަނުގެ) ބޭހުގެ ސްޓޮކް ހަދިޔާކޮށްފިއެވެ.

މިއަދު ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތަށްފަހު  ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާއިން ފޯރުކޮށްދިން ތިން މަހުގެ ބޭހުގެ ސަޕްލައިއަކީ ރާއްޖެއިން ކޯވިޑް-19 އާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގައި ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށެވެ. އަދި މި ރޯގާއިން ސަލާމަތްވުމަށް ރާއްޖެއިން އެހެން ޤައުމުތަކުގެ އެހީ ބޭނުންވާކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާ އިންޑިއާށް ޝުކުރު އަދާކުރައްވާފައެވެ.

https://twitter.com/abdulla_shahid/status/1238802708305293313

ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެނައި ބޭހުގެ މި ސޮޓްކާ ރާއްޖޭގެ ފަރާތުން  ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. އިންޑިއާގެ ފަރާތުން ބޭހުގެ ސްޓޮކް ހަވާލުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ.

ބޭހުގެ ޝިޕްމަންޓު މިހާރު އެމްއެންޑީއެފްގެ އެހީގައި އެސްޓިއޯ ބޭސް ގުދަނުގައި ގުދަން ކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް