ޓޫރިޒަމްގައި ރާއްޖެއަށް މުހިންމު ތިން ގައުމު ކަމަށްވާ ޖަރުމަަނު، ފްރާންސް އަދި ސްޕެއިނުން ރާއްޖެއަށް މީހުން އައުން މަނާކޮށްފި އެވެ.
ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރުނަ ނުދިނުމަށް އަޅަމުންދާ ވަރުގަދަ ފިޔަވަޅުތަކުގެ ތެރެއިން މި ތިން ގައުމުން މީހުން އައުން މިރޭ12:00 ން ފެށިގެން މަނާވާނެ އެވެ. ރާއްޖޭގައި މިވަގުތު އޮތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިރެއިން ފެށިގެން ޓްރާންސިޓް އަދި ޑައިރެކްޓު ފްލައިޓުތަކަށްވެސް އެ ގައުމުތަކުން ރާއްޖެ ނާދެވޭނެ ކަމަށެވެ. މިއާއެކު މިވަގުތު ރާއްޖޭގައި ތިބި އެ ގައުމުތަކުގެ ޓޫރިސްޓުން ފުރުމުގެ އިންތިޒާމް އެ ގައުމުތަކުގެ ސަރުކާރުތަކާއި ގުޅިގެން ކުރަމުންދާ ކަމަށެވެ.
މިދިޔަ ހަފްތާގައި ސަރުކާރުން ވަނީ އިޓަލީން ރާއްޖެއަށް ޓޫރިސްޓުން އައުންވެސް މަނާކޮށްފައި އެވެ.
މިގައުމުތަކުގެ އިތުރުން ރާއްޖެއަށް މީހުން އައުން މަނާކޮށްފައިވާ ގައުމުތަކަކީ ޗައިނާ، އިރާން ސައުތް ކޮރެއާގެ ދެ ސަރަހައްދެއް އަދި ބަންގްލަދޭޝްއެވެ.
މިހާތަނަށް ރާއްޖެއިން ވައިރަސްއަށް10 މީހަކު ވަނީ ޕޮސިޓިވްވެފައި އެވެ. އެ އެންމެންނަކީ ބިދޭސީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް