ރާއްޖޭގެ އެއްވެސް ރިސޯޓަކަށް މީހުން އަރައި ފޭބުން މަނާކޮށްފި އެވެ.
ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވާފައިވާ އެންގުމެއްގައި ބުނެފައިވަނީ ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށް ރާއްޖޭގެ އެއްވެސް ރަށަކުން ރިސޯޓަކަށް މީހުން ދިއުމާއި ރިސޯޓުތަކުން މީހުން ރަށްރަށަށް ދިއުމަކީ މަނާކަމެއްކަމަށެވެ. މި އެންގުމަށް އަމަލު ކުރަން ފަށާނީ މިއަދު ހަވީރު6:00 އިން ފެށިގެންނެވެ.
މި އެންގުން އަންގާފައިވަނީ14 ދުވަހުގެ މުއްދަތަށެވެ. މީގެ ކުރިން އެޗްޕީއޭއިން މަނާކޮށްފައި އޮތީ މީހުން ދިރިއުޅޭ ރަށްރަށަށް ވައިރަހަށް ޕޮސިޓިވްވި މީހުން ފެނުނު ރިސޯޓުތަކުގެ މުވައްޒަފުން ދަތުރު ނުކުރުމަށެވެ.
މިހާތަނަށް ރާއްޖެއިން ކޮރޮނާ ވައިރަސްގެ10 ކޭސް ފެނިފައިވާއިރު އެންމެންވެސް ޕޮސިޓިވްވެފައިވަނީ ރިސޯޓުތަކުންނެވެ.
އެހެންވެ ސަރުކާރުން ބުނެފައިވަނީ ވައިރަސް މުޅި ރާއްޖެއަށް ފެތުރުނަ ނުދޭން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް