މާލޭ ހުޅުމާލެ އަދި ވިލިމާލޭގެ އެއްވެސް ގެސްޓު ހައުސްއަކަށް ޓޫރިސްޓުން ނުގެނެވޭނެ ކަމަށް އެޗްޕީއޭއިން ކަނޑައަޅައިފި އެވެ.
ޑައިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ މިރޭ12:00 ން ފެށިގެން ކުރިޔަށް އޮތް14 ދުވަހަށް މާލޭގެ އެއްވެސް ގެސްޓު ހައުސްއަކަށް ބިދޭސީ ގެސްޓުން ޗެކިން ކޮށްގެން ނުވާނެ ކަމަށެވެ. މިކަން ކަމާ ގުޅޭ ހުރިހާ އިދާރާތަކަކުން ތަންފީޒު ކުރުމަށް އަންގަވާފައިވެ އެވެ.
އެ އެންގުމުގައި ބުނެފައިވާ ގޮތުގައި މި ވަގުތު ގެސްޓު ހައުސްތަކުގައި ތިބި ގެސްޓުންނަށް އެމީހުން ތިބެން ކަނޑައަޅާފައި އޮތް މުއްދަތަށް ތިބުމުގައި އެއްވެސް ހުރަހެއް ނެތެވެ.
މި އެންގުން އަންގާފައިވަނީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ34 ވަނަ މާއްދާގެ ދަށުން ޑައިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުންނެވެ. މި އެންގުންތައް އަންގަމުންދަނީ ނުރައްކާތެރި ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރުނަ ނުދިނުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިންނެވެ.
މިވަގުތު ރާއްޖޭގައި އޮތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އެވެ. އެއީ30 ދުވަހުގެ މުއްދަތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް