ކުރެއްދޫން ކޯވިޑަށް އިތުރު މީހަކު ޕޮޒިޓިވް ވެ، އަދަދު 10 އަކަށް

ކުރެއްދޫ އައިލެންޑް ރިސޯޓްގެ އިތުރު މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެ، މިހާރު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ އަދަދު 10 އަކަށް އަރައިފިއެވެ. އެޗްޕީއޭއިން ބުނީ ޕޮސިޓވެފައިވަނީ މިހާތަނަށް އެ...

14 Mar 2020 | 08:28

ކުރެއްދޫ އައިލެންޑް ރިސޯޓްގެ އިތުރު މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެ، މިހާރު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ އަދަދު 10 އަކަށް އަރައިފިއެވެ.

އެޗްޕީއޭއިން ބުނީ ޕޮސިޓވެފައިވަނީ މިހާތަނަށް އެ ރިސޯޓުން ބައްޔަށް ޕޮސިޓިވްވި މީހުންނާއި ގުޅުންހުރި މީހުންގެ ތެރެއިން މީހަކު ކަމަށެވެ. އެއީ ބިދޭސީ އެއް ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

މީގެ އިތުރުން އެ ރިސޯޓުން އިތުރު ނުވަ މީހަކު ކޮރޯނާ ވައިރަސްއަށް ޓެސްޓުކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. އެ އެންމެންވެސް ވަނީ ވައިރަހަށް ނެގެޓިވް ވެފައި އެވެ.

https://twitter.com/HPA_MV/status/1238742283584856064

ކޮރޯނާ ވައިރަސް ރާއްޖެއިން އެންމެ ފުރަތަމަ ފެނުނީވެސް ކުރެއްދޫ ރިސޯޓުންނެވެ. އެ ރިސޯޓަށް ކޮރާނާ ވައިރަސް ފެތުރިފައިވާކަން އެނގުނީ ޗުއްޓީ ހޭދަކޮށްފައި ދިޔަ ޓޫރިސްޓަކު އެ ބައްޔަށް ޕޮސިޓިވްވި ކަން އެންގި ހިސާބުން ބެލި ބެލުމުންނެވެ.

މިހާރު އެ ރިސޯޓުގެ ފަސް މުވައްޒަފަކު ވަނީ ބައްޔަށް ޕޮސިޓިވްވެފައިވެ އެވެ. އެއީ ހުސް ބިދޭސީންނެވެ.

އަދިވެސް އެ ރިސޯޓު އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ. ރިސޯޓުގައި ތިބި އެއްވެސް މުވައްޒަފަކު އެހެން ރަށަކަށް ދިއުް އެޗްޕީއޭއިން ވަނީ މަނާކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް