ގދ. ތިނަދޫގައި ދީނަށް ފުރައްސާރަ ކުރި މީހާ ދޫކޮށްލީ ކޯޓުން: ފުލުހުން

ގދ. ތިނަދޫގައި އިސްލާމް ދީނަށް ފުރައްސާރަ ކުރި މައްސަލައިގަ ހައްޔަރު ކުރި މީހާ ބަންދުން ދޫކޮށްލީ ކޯޓުން އަމުރު ކުރުމުން ކަމަށް ފުލުހުން ބުނެފި އެވެ. މި މައްސަލައިގަ ފުލުހުން ހައްޔަރު ކުރީ މުހައްމަދު ރ...

14 Mar 2020 | 06:50

ގދ. ތިނަދޫގައި އިސްލާމް ދީނަށް ފުރައްސާރަ ކުރި މައްސަލައިގަ ހައްޔަރު ކުރި މީހާ ބަންދުން ދޫކޮށްލީ ކޯޓުން އަމުރު ކުރުމުން ކަމަށް ފުލުހުން ބުނެފި އެވެ.

މި މައްސަލައިގަ ފުލުހުން ހައްޔަރު ކުރީ މުހައްމަދު ރުސްތަމް މުޖުތަބާ ކިޔާ މީހެކެވެ. އޭނާ ހައްޔަރު ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ10 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކޮށް ނިންމާ އޭނާ އާއި ދެކޮޅަށް ދަައުވާ ކުރުމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު10 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެމަހުގެ14 ވަނަ ދުވަހު އެމީހާ ފުލުހުންގެ ބަންދުން ކަރެކްޝަންސްގެ ބަންދަށް ބަދަލު ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލައިގަ ޕީޖީން ވަނީ ރުސްތަމް އާއި ދެކޮޅަށް ކޯޓުގައި ދައުވާ އުފުލާފައި އެވެ. ފުލުހުން ބުނީ ކޯޓުގައި އެ މައްސަލަ އޮއްވަ ރުސްތަމް ދޫކޮށްލީވެސް ކޯޓުން އަމުރު ކޮށްގެން ކަމަށެވެ.

ފުލުހުން މި މައުލޫމާތު އާންމުކޮށްފައިވަނީ ރުސްތަމް ބަންދުން ދޫވުމާއި ގުޅިގެން ސަރުކާރަށާއި ފުލުހުންނަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ގުޅިގެންނެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ރުސްތަމް ދޫކޮށްލީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރަކަށެވެ.

އޭނާ ވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް އަޑުގަދަ ކުރަމުން ތިނަދޫ މަގުތަކުގައި ހިނގާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް