ކޮޕިއާ ޕްލަސްއިން ދަރިވަރުންނާއި އޮފީސްތަކަށް ހާއްސަ ޕްރިންޓާ ޕްރޮމޯޝަނެއް

ޕްރިންޓަރު އަދި ޕްރިންޓަރުގެ އެސަސަރީސް ވިއްކުމަށް މަޝްހޫރު ކޮޕިއާ ޕްލަސްއިން ޕްރިންޓަރަށް ހާއްސަ ޕްރޮމޯޝަނެއް ކުރިޔަށް އެބަ ގެންދެ އެވެ. މި ޕްރޮމޯޝަންގައި އެ ފިހާރައިން ވިއްކާ ތިން ވައްތަރެއްގެ ޕްރިނ...

14 Mar 2020 | 06:36

ޕްރިންޓަރު އަދި ޕްރިންޓަރުގެ އެސަސަރީސް ވިއްކުމަށް މަޝްހޫރު ކޮޕިއާ ޕްލަސްއިން ޕްރިންޓަރަށް ހާއްސަ ޕްރޮމޯޝަނެއް ކުރިޔަށް އެބަ ގެންދެ އެވެ.

މި ޕްރޮމޯޝަންގައި އެ ފިހާރައިން ވިއްކާ ތިން ވައްތަރެއްގެ ޕްރިންޓަރު ވަރަށް ހެޔޮ އަގުގައި ލިބޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ "އިންކް ޓެންކް ސީރީޒްގެ ޕްރިންޓާ" "ލޭޒާ ޕްރިންޓާ" އަދި "ފޮޓޯ ކޮޕިއާ" އެވެ.

މި ޕްރޮމޯޝަނާއި ގުޅޭގޮތުން ކޮޕިއާ ޕްލަސްގެ މާކެޓިން މެނޭޖަރު މުހައްމަދު ސަމާހު ވިދާޅުވީ މި ޕްރޮމޯޝަންގައި އަގު ހެޔޮކޮށްފައިވާ ޕްރިންޓަރުތަކަކީ ދަރިވަރުންނާއި ހޯމް އޮފީސްތަކަށް ހާއްސަ ޕްރިންޓަރުތަކެއް ކަމަށެވެ. އަދި މި ޕްރިންޓަރުތަކުގެ ހާއްސަ ކަމަކީ މީގެން ކޮންމެ ވައްތަރެއްގެ ޕްރިންޓަރުންވެސް ގާތްގަނޑަކަށް5،000 އާއި6،500 އައި ދެމެދުގެ ގަނޑު ކުލަކޮށް ޕްރިންޓު ކުރެވުން ކަމަށް ސަމާހު ވިދާޅުވި އެވެ.

މި ޕްރޮމޯޝަންގެ ދަށުން އިންކް ޓޭންކް ސީރީޒްގެ ޕްރިންޓަރުތައް ވިއްކުމަށް ހަމަޖެހިފައިވަނީ1،999 ރުފިޔާ އާއި2،999 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގައި އެވެ. ލޭޒާ ޕްރިންޓަރު ވިއްކަނީ3،710 ރުފިޔާ އަށެވެ. އަދި ފޮޓޯ ކޮޕިއާއެއް ވިއްކަނީ2،1200 ރުފިޔާއަށެވެ.

މި ޕްރޮމޯޝަން ކުރިޔަށް ދާނީ މިމަހުގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް