ކޮވިޑް-19 އާ ދެކޮޅަށް މޯދީ އިއުލާނު ކުރެއްވި މަސައްކަތަށް ރާއްޖެއިން ތާއީދު

ނުރައްކާތެރި ކޮރޯނާ ވައިރަސް އާއި ދެކޮޅަށް ސާކް ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިއުލާނު ކުރެއްވި މަސައްކަތަށް ރާއްޖެއިން ތާއީދު ކޮށްފި އެވެ. މިކަން ހާމަކ...

14 Mar 2020 | 05:32

ނުރައްކާތެރި ކޮރޯނާ ވައިރަސް އާއި ދެކޮޅަށް ސާކް ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިއުލާނު ކުރެއްވި މަސައްކަތަށް ރާއްޖެއިން ތާއީދު ކޮށްފި އެވެ.

މިކަން ހާމަކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓުވީޓެއްގައި އެވެ. ސާކް ގައުމުތައް ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ކަން މޯދީ ހާމަކުރެއްވީވެސް ޓުވިޓާ މެދުވެރިކޮށެވެ.

މޯދީ އިއުލާނު ކުރައްވާފައިވާ މަސައްކަތުގެ ދަށުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގައުމުތަކުގެ ރައްޔިތުންގެ ރައްކާތެރިކަމާއި ގުޅޭގޮތުން ލީޑަރުން މަޝްވަރާ ކުރައްވާނެ އެވެ.

މޯދީ ވިދާޅުވީ ކޯވިޑް-19 އާއި ދެކޮޅަށް މަސައްކަތްކުރުމަށް ރަނގަޅު ސްޓްރެޓެޖީއަކަށް ސާކްގެ ގައުމުތަށް ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށެވެ. ސިއްހަތު ރަނގަޅު ދުނިޔެއަކަށްޓަކައި ކުރާ މި މަސައްކަތުން މުޅި ދުނިޔެއަށް މި  ސަރަހައްދު ނަމޫނާ ދެއްކުމަށް މޯދީ ގޮވާލެއްވިއެވެ.

މޯދީގެ ގޮވާލެއްވުމަށް އިޖާބަދެއްވާ ރައީސް ސޯލިހު ވިދާޅުވީ އިންޑިއާއިން އިސްނެގި މި މަސައްކަތަކީ މިވަގުތު ދެކުނު އޭޝިއާގެ ޤައުމުތަކަށް ވަރަށް ބޭނުން ޖެހިފައިވާކަމެއް ކަމަށެވެ. އެގޮތުން މި ބަލިން އަރައިގަތުމަށް ވަކި ވަކި ގައުމުތަކުން މަސައްކަތްކުރުމުގެ ބަދަލުގައި މި ބަލިމަޑުކަމުން އަރައިގަނެވޭނީ ހުރިހާ ގައުމެއް ގުޅިގެން މަސައްކަތް ކޮށްގެންކަން ވަނީ ފާހަގަކުރައްވާފައެވެ.

https://twitter.com/ibusolih/status/1238399680158916608

މޯދީގެ މި ހުށަހެޅުމަށް ސާކް ގައުމުތަކުގެ ތެރެއިން މިހާތަނަށް އިޖާބަ ދީފައިވަނީ ރާއްޖެ، ބޫޓާން އަދި ސްރީލަންކާ އެވެ. މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ކޮރޮނާ ވައިރަސް އެންމެ ހަލުވިކަމާއި އެކު ފެތުރެމުންދަނީ އިންޑިއާގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް